Last Updated: December 29, 22:22
Sunday, December 29, 2024
ޚަބަރު

ޕުޓިން ވިއެޓްނާމަށް ވަޑައިގެންފި

ރަޝިޔާގެ ރައީސް ލަޑީމިއާ ޕުޓިން- ފޮޓޯ: ރޮއިޓާސް

ރަޝިޔާގެ ރައީސް ލަޑީމިއާ ޕުޓިން ވިއެޓްނާމަށް ވަޑައިގެންފިއެވެ.

ޕުޓިން ވިއެޓްނާމަށް ވަޑައިގެންފައިވަނީ މިއަދުގެ ވަގުތެއްގައެވެ. މިދަތުރުގައި ޕުޓިން ވިއެޓްނާމުގައި ދެ ދުވަހު މަޑުކުރައްވާނެއެވެ.

އޭޝިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ޕުޓިން ވިއެޓްނާމަށް ވަޑައިގެންފައި ވަނީ އުތުރު ކޮރެއާއަށް ވަޑައިގަތުމަށްފަހުއެވެ. ބޭރު މީޑިއާތަކުން ރިޕޯޓް ކޮށްފައިވާގޮތުގައި ވިއެޓްނާމަކީ ޕުޓީންގެ މިދަތުރުގެ ފަހު މަންޒިލެވެ.

ވިއެޓްނާމަށް ކުރާ ދަތުރުގައި، ޕުޓިން އެގައުމުގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ބޭރު މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ޕުޓިންގެ މި ދަތުރުގައި ދެ ގައުމުން އަސްކަރީ އަދި އިގްތިސާދީ ގުޅުންތައް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.