Last Updated: September 8, 06:39
Sunday, September 8, 2024
ޚަބަރު

ފީފާއިން ބައްސާމް ސަސްޕެންޑްކޮށްފި

އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް - އެފްއޭއެމް

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާ އިން، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލް ސަސްޕެންޑް ކޮށްފިއެވެ.

ފުޓްބޯޅައިގެ އެއްވެސް ކަމެއްގައި ނޫޅެވޭ ގޮތަށް ފީފާއިން ބައްސާމް ސަސްޕެންޑް ކޮށްފައިވަނީ 9 މަސް ދުވަހުގެ މުއްދަތަށެވެ.

ފީފާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ އިދާރާގެ މިނިވަން އެތިކްސް ކޮމިޓީން ބައްސާމް ސަސްޕެންޑް ކުރަން ނިންމާފައިވަނީ ފީފާ ކޯޑް އޮފް އެތިކްސް (އެފްސީއީ) ގެ 86 ވަނަ މާއްދާގެ ދަށުންނެވެ. މިގޮތަށް ނިންމީ މަނީ ލޯންޑަރިން، ޚިޔާނާތް، ކޮރަޕްޝަން އަދި އެހެނިހެން ކުށްތަކެއްގެ ތުހުމަތުތަކުގައި 22 އޮކްޓޯބަރު 2023 ގައި އެފްއޭއެމް ހައުސް ބަލައިފާސްކުރުމަށްފަހު، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ފެށި ތަހުގީގާއި ގުޅިގެންނެވެ.

މީގެއިތުރުން އެފްއޭއެމްގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭތޯ ބެލުމަށް މި މުއްދަތުގެ ތެރޭގައި ތަހުގީގު ހިންގުމަށްވެސް ފީފާއިން ވަނީ ނިންމާފައެވެ.

ފީފާއިން ބުނެފައިވަނީ އެ އިދާރާގެ ނިންމުން ބައްސާމްއަށް އަންގާފައިވާ ކަމަށެވެ.