އިންޑިއާގެ ފިލްމީ ތަރި އަނޫޕަމް ކޭރްގެ މުމްބާއީ އޮފީސް ފަޅާލައިގެން ރޭ ވައްކަންކޮށްފި އެވެ.
މި ވާހަކަ އޭނަ ސޯޝަލް މީޑިއާގައި ހިއްސާކޮށް މިއަދު ބުނީ އޮފީސް ފަޅައިލީ އެތަނުގެ ދެ ދޮރެއް ހަލާކުކޮށްގެން ކަމަށެވެ. އެތަނުން ވަގަށް ނެގި ތަކެތީގެ ތެރޭގައި ތިޖޫރީއެއްގައި ހުރި ހުރިހާ ފައިސާއަކާއި ރައްކާކޮށްފައި ހުރި ފިލްމުތަކެއްގެ ނެގަޓިވް ހިމެނެ އެވެ.
މި މައްސަލަ ފުލުހުންނަށް ވެސް ވަނީ ރިޕޯޓްކޮށްފަ އެވެ.
އޮފީހުގެ ސީސީޓީވީ އަށް ވައްކަންކުރި މީހުން އޮފސް ފަޅާލައިގެން ވައްކަންކޮށްގެން ކުރޮޅިއަކަށް އަރައިގެންދާ މަންޒަރު ވެސް އަރާފައިވެ އެވެ. އެ ފުޓޭޖް ވެސް ފުހުންނާ ހިއްސާކޮށްފައިވެ އެވެ.