ވަގަށް ޖަލަށް ވައްދާ ތަކެތި ދެނެގަތުމަށް ހާއްސަ މެޓަލް ޑިކެޓްޓަރުތަކެއް މާފުށީ ޖަލުގައި ހަރުކޮށްފި އެވެ.
މިކަން ހާމަކުރައްވައި ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ މާފުށީ ޖަލުގައި ދެ މެޓަލް ޑިޓެކްޓަރު ހަރުކުރީ މިދިޔަ ހަފުތާގެ ތެރޭގައި ކަމަށެވެ. އަދި އަންނަ މަހުގެ ތެރޭގައި ބޮޑީ ސްކޭނިން މެޝިނެއް ވެސް ބެހެއްޓުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވި އެވެ.
ފޯނާއި މަސްތުވާތަކެތި ފަދަ އެއްޗެހި ޖަލަށް ވެއްދުމުގެ މައްސަލަތައް ވަރަށް ގިނައިން ހިނަގަ އެވެ.
މިނިސްޓަރު އިހުސާން ވިދާޅުވި ގޮތުގައި އެންމެ ގިނައިން ސްކޭމް ކޯލުތައް ކުރަނީ ވެސް ޖަލުންނެވެ. އެހެންވެ މިފަދަ ކަންކަން ހިނގުން ހުއްޓުވަން ބޭނުންވާ ވަސީލަތްތައް ގާއިމު ކުރާނެ އެވެ.