Last Updated: April 19, 13:58
Saturday, April 19, 2025
ޚަބަރު

ހިތަދޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އެކަކު އައިސިޔޫގައި!

އައްޑޫ ސިޓީ ހިތަދޫ ބޮޑު މަގުގައި ޕިކަޕަކާއި ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އަނިޔާވި މީހަކަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުން އެބަގެންދެއެވެ..

މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓް ހިނގާފައި ވަނީ ޕިކަޕް ގޯޅި އަޅަން އުޅުމުގެ ތެރޭގައި ބާރު ސްޕީޑްގައި ދުއްވާފައި އައި ސައިކަލް ޕިކަޕުގައި ޖެހިގެންނެވެ.

މިއެކްސިޑެންޓްގައި 3 މީހަކަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ އިރު 3 މީހުންނަށް ވެސް މިހާރު ވަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށާފައެވެ.

މަންޒަރުދުށް މީހަކު 'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން ބުނިގޮތުގައި ޒަޚަމްވީ ހިތަދޫ 2 ޒުވާނަކާއި ބިދޭސީއެކެވެ.އެކްސިޑެންޓް ހިނގި ވަގުތު ޕިކަޕު ދުއްވަން އިން ބިދޭސީ މީހާގެ އެއް އަތް ވަނީ ބިންދައިގެން ގޮސްފައެވެ.

އެކްސިޑެންޓްގައި ޒަޚަމްވެފައިވަނީ ސ.ހިތަދޫ ޚަރީފީގެ އަބްދުﷲ ނަވީން އާއި ސ.ހިތަދޫ ވެސްނޫގަސްސޮށުގޭ ހުސައިން ރިޔާޒެވެ. ނަވީންގެ ބޮލަށާއި ފަޔަށް އަނިޔާވެފައިވާއިރު ހާލު ސީރިއަސް ނޫން ކަމަށާއި ދެން ޒަޚަމްވި ހުސެން ރިޔާޒްގެ ކަރަށް އަނިޔާވެފައިވާ އިރު އޭނާގެ ހާލު ސީރިއަސް ކަމަށާއި އޭނާ އަށް މިވަގުތު ފަރުވާ ދެމުން އަންނަނީ އައިސީޔޫގައި ކަމަށް ޑޮކްޓަރުންނާއި ހަވާލާދީ ހޮސްޕިޓަލުގެ އޮފިޝަލަކު ވަނީ 'އައްޑޫލައިވް' އަށް މައުލޫމާތު ދީފައެވެ.

6b1bc4da6937095c71ce32a5facf602f5bb479a4cde9efd82e9f428ef1897405

ca18e12fe97a520c38bc500f2f8034b824e0c9edcb134964ea2abc8be7b01f74
މި އެކްސިޑެންޓްގެ މައްސަލަ ހިތަދޫ ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަހުގީގްކުރަމުންނެވެ.