Last Updated: September 8, 06:39
Sunday, September 8, 2024
ކުޅިވަރު

އެމްބާޕޭ އަށް މިހާރު ކަޅު މާސްކެއް

މިހާރު ޖަރުމަންގައި ކުރިއަށްދާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ތެރޭގައި ނޭފަތަށް އަނިޔާވެފައިވާ، ކިލިއަން އެމްބާޕޭ އަށް ފްރާންސްގެ ދިދަ ރަމްޒުކޮށް ދޭ މާސްކް ބޭނުން ކުރުން މަނާކުރުމުން ކަޅު ކުލައިގެ މާސްކެއް ބޭނުން ކުރަން ފަށައިފި އެވެ.

އެމްޕާބޭގެ ނޭފަތް ޒަހަމްވީ ފްރާންސުން އޮސްޓްރިއާއާ ދެކޮޅަށް މި މަހުގެ 18 ވަނަ ދުވަހު ކުޅުނު މެޗުގައި ބޯޅައިގައި ބޮލުން ޖަހަން ފުންމައިގަތުމުން އޮސްޓްރިއާގެ ޑިފެންޑަރު ކެވިން ޑަންސޯގެ ކޮނޑުގައި ޖެހިފަ އެވެ.

އެމްބާޕޭ އަށް ރަތާއި ހުދު އަދި ނޫ ކުލަ ހިމެނޭ ފްރާންސް ދިދަ ރަމްޒުކޮށްދޭ މާސްކް އެޅުން މަނާކުރީ ޔޫއެފާއިންނެވެ.
އެތަނުގެ އުސޫލު އޮންނަ ގޮތުން ހާއްސަ ހާލަތެއްގައި ކުޅުންތެރިއަކު މެޗެއްގައި މާސްކް ކަހަލަ އެެއްޗެއް ބޭނުން ކުރާ ނަމަ އެ އެެއްޗެއް ވާން ޖެހެނީ އެއް ކުލައެއްގެ އެއްޗަކަށެވެ. އަދި އެއީ ކޮން ކުންފުންޏެއްގެ އެއްޗެއްކަން އެނގޭ ގޮތަށް ހުރެގެން ވެސް ނުވާނެ އެވެ.

ނޭފަތަށް ލިބުނު އަނިޔާ އަށް 25 އަހަރުގެ ފޯވާޑް ފަރުވާ ހޯދަމުން އަންނަ އިރު، ފްރާންސްގެ ޓީމްގެ ލުއި ޓްރެއިނިންތަކުގައި އެމްބާޕޭ އަންނަނީ ބައިވަރަމުންނެވެ.
އިއްޔެ ފްރާންސާއި ނެދަލޭންޑްސް ކުޅުނު މެޗްގެ ހަވާސާގެ ތެރެއިން އެމްބާޕޭ ކަޅު ކުލައިގެ މާސްކެއް އަޅައިގެން އިން އިރު، ޓިމްގެ ލުއި ޓްރެއިނިންތަކުގައި ވެސް އޭނަ ބައިވެރިވަމުން އަންނަނީ އެ މާސްކާ އެކީގަ އެވެ.

އިއްޔެގެ މެޗް ނިމުނީ ފްރާންސާއި ނެދަލޭންޑްސް އަށް ވެސް ލަނޑެއް ނުޖެހި އެވެ.