Last Updated: November 29, 10:25
Friday, November 29, 2024
ކުޅިވަރު

ރޮބާޓޯ ބާޖިއޯ އަށް ހަމަލާދީ، ޒަހަމްކޮށްލައިފި

ދުނިޔޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އިޓަލީގެ ލެޖެންޑް، ރޮބާޓޯ ބާޖިއޯގެ ގެއަށް ގްރޫޕަކުން ވަދެ، ދިން ހަމަލާތަކެއްގައި އޭނަ ޒަހަމްކޮށްލައިފި އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ބާޖިއޯ، 57، ގެއަށް ހަތިޔާރާ އެކީ ވައްކަން ކުރަން ވަން ގްރޫޕުން ދިން ހަމަލާގައި އޭނަގެ ބޮލަށް އަނިޔާވެގެން ހޮސްޕިޓަލްގައި ފަރުވާ ދީފައިވެ އެވެ. އަދި އެކަމާ ގުޅޭ ގޮތުން ނޫސްވެރިން ގާތު ބާޖިއޯ ބުނީ ބޮލުގެ ބައެއް ތަންތަން ފަޅައިގެން ގޮސްފައިވާތީ ފަހާފައިވާ ކަމަށެވެ.

"ޝުކުރު ކުރަން މި ހާދިސާގައި އަހެރެންގެ އާއިލާގެ އެއްވެސް މީހަކަށް އަނިޔާވެފައި ނުވާތީ." ހަމަލާ ދިން ގްރޫޕުން ދިފާއުވާން ކުރި މަސައްކަތުގެ ތެރޭގައި ޒަހަމްވި ބާޖިއޯ ބުންޏެވެ.

އެ ހާދިސާ ހިނގީ މިހާރު ކުރިއަށްދާ ޔޫރޯ މުބާރާތުގައި އިއްޔެ ރޭ އިޓަލީ އާއި ސްޕެއިން ބައްދަލުކުރި މެޗް ޓީވީން ބާޖިއޯގެ އާއިލާ ތިއްބަ އެވެ.

ބާޖިއޯ ބުނީ ވަގުން ގެއަށް ވަދެ ވައްކަންކޮށް، ހަމަލާ ދިން ހާދިސާގެ ސަބަބުބް ޝޮކެއް ލިބުނު ކަމަށެވެ.