ބޮލީވުޑްގެ ތަރި، އާމިރު ޚާންގެ ދަރިފުޅު ޖުނައިދު ޚާންގެ ފުރަތަމަ ފިލްމު "މަޖާރާޖު" މިހާރު ނެޓްފްލިކްސް އަށް ދޫކޮށްލާފައިވާ އިރު، މުޅިން އަލަށް މީގެ ޓްރެއިލާއެއް މިއަދު އާންމުކޮށްފި އެެވެ.
ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން އުފައްދާފައިވާ މި ފިލްމަކީ 1862 ގައި އިންޑިއާގައި ފެންމަތިވި ޖިންސީ ބޮޑު މައްސަލަގަނޑެއްގެ ވާހަކަ ގެނެސްދިން ނޫސްވެރިންތަކަކާ ދެކޮޅަށް ކުރި ދައުވާތަކެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ. ފިލްމުގައި ޖުނައިދު ކުޅެފައި ވަނީ ނޫސްވެރިޔާ ކަރްސަން ދާސް މުލްޖީގެ ރޯލެވެ.
ކާސްޓްގައި ޖައިދީޕް އަހުލުވާތާއި ޝަރުވާރީ ވާގްގެ އިތުރުން ޝާލިނީ ޕާންޑޭ ހިމެނޭ "މަހާރާޖް" ގެ ޑައިރެކްޓްކުރީ 2018 ގެ "ހިޗްކީ" ގެނެސްދިން ސިދާތު ޕީ މަލްއުތުރާ އެވެ.
"މަހާރާޖު" ބެލުންތެރިންނަށް ދޫކޮށްލި އިރު، ޖުނައިދު މިހާރު އިތުރު ދެ ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ. އެއީ ކުރީގެ ބަތަލާ ސްރީދޭވީގެ ހަގު ދަރިފުޅު ހުޝީ ކަޕޫރާ އެކީ ކުޅޭ ރޮމޭންޓިކް ކޮމެޑީއަކާއި ދެކުނު ބަތަލާ ސައި ޕައްލަވީއާ އެކީ ކުޅޭ ލޯޯބީގެ ފިލްމެކެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޖުނައިދާއި ހުޝީގެ ފިލްމަކީ 2022 ގެ ތަމަޅަ ފިލްމު "ލަވް ޓުޑޭ" ގެ ރިމޭކެކެވެ. މީގެ ޑައިރެކްޓަރަކީ ޖުނައިދުގެ ބައްޕަ އާމިރުގެ 2022 ގެ ފިލްމު "ލާލް ސިންގް ޗައްޑާ" ހެދި އަދުވައިތު ޗަންދަނެވެ.