Last Updated: September 8, 06:17
Sunday, September 8, 2024
ޚަބަރު

ހައްޖުވެރިން އަންނާތީ ސިއްހަތަށް ސަމާލުވާން އެދިއްޖެ

ދިވެހި ހައްޖާޖީން މާދަމާ އިން ފެށިގެން އެނބުރި އަންނާތީ ހައްޖުވެރިން އަންނަ ދުވަސްވަރަކީ އާންމުކޮށް ރޯގާ ފެތުރޭ ދުވަސްވަރެއްކަމުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭއި) އިން އިލްތިމާސްކޮށްފި އެވެ.

ހައްޖުވެރިންގެ ފުރަތަމަ މާދަމާ އަންނަން ހަމަޖެހިފައިވާ އިރު، އެޗްޕީއޭ އިން ވަނީ ހައްޖުން އަންނަތާ 14 ދުވަސްތެެރޭ ހުން އައައުމާ، ކެއްސުމާއި ނޭވާލާން އުނދަގޫވުމާއި މޭގައި ރިއްސުން ފަދަ އަލާމާތެއް ފެނިއްޖެ ނަމަ ލަސްނުކޮށްް ޑޮކްޓަރަށް ދެއްކުމަށް ވެސް އެދިފަ އެވެ.

އަދި ރޯގާ ޖެހިފައިވާ ނަމަ ކުޑަކުދިން ކައިރި ނުކުރުމަށް ވެސް އިލްތިމާސްކޮށްފައިވެ އެވެ.

ދިވެހި ހައްޖާޖީން އެނބުރި އަންނަން ތާވަލުކޮށްފައިވާ ގޮތަށް ބަލާ އިރު، ފުރަތަމަ ގްރޫޕް މާދަމާ، ދެވަނަ ގްރޫޕް 28 ގައި، ތިން ވަނަ ގްރޫޕް އަންނަ މަހުގެ 1 ގައި އަދި ފަހު ގްރޫޕް އަންނާނީ އަންނަ މަހުގެ 4 ގަ އެވެ.

މި އަހަރު ރާއްޖެ އިން ހައްޖަށް ދިޔައީ 1،150 މީހުންނެވެ. އޭގެ ތެރެއިން އެކަކު ނިޔާވެފައިވެ އެވެ.