Last Updated: November 28, 21:08
Thursday, November 28, 2024
މުނިފޫހިފިލުވުން

ސޮނާކްޝީ އާއި ޒަހީރު ކައިވެނިކޮށްފި

ބޮލީވުޑްގެ ތަރިން ކަމަށްވާ ސޮނާކްޝީ ސިންހާ އާއި ޒަހީރު އިގްބާލް މިއަދު ކައިވެނިކޮށްފި އެވެ.

ދެ ފަރާތުގެ އާއިލާގެ މީހުންނާއި ގާތް މީހުން ބައިވެރިވި ކައިވެނީގެ ހަފުލާ އޮތީ މިއަދު ހަވީރު މުމްބާއީގަ އެވެ. ސޮނާކްޝީ އާއި ޒަހީރު ވަނީ ކައިވެނި ހަފުލާގެ ފޮޓޯތަކެއް ވެސް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވެ އެވެ.

ސޮނާކްޝީ ބުނި ގޮތުގައި އެ ދެ މީހުން ކައިވެނިކުރީ ރައްޓެހިވެގެން އުޅޭތާ 7 އަހަރު ފަހުންނެވެ.

ފާހަގަކޮށްލެވޭ ކަމަކީ ސޮނާކްޝީ، 37، އާއި ޒަހީރު، 37، އަކީ ވެސް ސަލްމާން ޚާން ބޮލީވުޑަށް ނެރުނު ތަރިންނެވެ. ކުރީގެ މަޝްހޫރު އެކްޓަރު ޝަތުރުގަން ސިންހާގެ ދަރިފުޅު ސޮނާކްޝީ ބޮލީވުޑަށް ނުކުތީ ސަލްމާންގެ 2010 ގެ "ދަބަންގް" އިންނެވެ.

ޒަހީރު 2019 ގައި ބޮލީވުޑަށް ނުކުތީ ސަލްމާން ޕްރޮޑިއުސްކުރ "ނޯޓްބުކް" އިންނެވެ. އޭނަގެ ބައްޕަ އިގްބާލް ރަތުނާސީ އަކީ ސަލްމާންގެ ޒަމާންވީ ވަރަށް ގާތް އެކުވެރިއެކެވެ. ޒަހީރަކީ ބޮލީވުޑަށް ނުކުތް ނަމަވެސް މިހާތަނަށް އެއްވެސް ކުރިއެރުމެއް ހޯދިފައިވާ އެކްޓަރެއް ނޫނެވެ. އޭނަގެ ދެވަނަ ފިލްމަކީ ސޮނާކްޝީއާ އެކީ ކުޅުނު 2022 ގެ "ޑަބަލް އެކްސްއެލް" އެވެ.

މީގެ އިތުރުން މި އަހަރުގެ އެޕްރީލްގައި ރިލީޒްކުރި ސަލްމާންގެ ޅިޔަނު، އާޔޫޝް ޝަރުމާގެ "ރުސްލާން" ގެ ހާއްސަ ފެނިލުމަކުން ޒަހީރު ފެނިފައިވެ އެވެ.

މިހާތަނަށް ގިނަ ފިލްމުތަކެއް ކުޅެފައިވާ ސޮނާކްޝީ އެންމެ ފަހުން ފެނިފައި ވަނީ މެއި މަހު ނެޓްފްލިކްސް އިން ގެނެސްދިން ވެބް ސީރީޒް "ހީރާމަންޑީ: ދަ ޑައިމަންޑް ބާޒާރު" އިންނެވެ.