Last Updated: September 8, 06:39
Sunday, September 8, 2024
ޚަބަރު

ކުޅިވަރު ކުރިއަރުވަން ފަންޑެއް އެކުލަވާލަނީ

ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށްޓަކައި މާލީ ގޮތުން ބޭނުންވާ ބާރުވެރިކަން ހޯދުމަށްޓަށްކައި ފަންޑެއް އެ ފަންޑު އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ސްޕޯޓްސް މިނިސްޓަރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެ އެވެ.

އޭނަ ވިދާޅުވީ ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށްޓަކައި ފަންޑެއްގެ މުހިއްމުކަން މިހާރު ވަރަށް ބޮޑު ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެކަމުގެ މުހިއްމުކަން ބޮޑުވަނީ އެތުލީޓުންގެ ކުރިއެރުވުމަށް ބޭނުންވާ ތަމްރީން ޕްރޮގްރާމްތައް ހަރުދަނާކޮށް ކުރިއަށް ގެންދިއުމަށް ކަމަށެވެ. އެގޮތުން ސްޕޯޓްސް ފަންޑެއް އެކުލަވާލެވުމުން އޭގެ ދަށުން އެ ކުޅިވަރުތަކުން އެތުލީޓުން ތަމްރީންތައް ހަދަން ހަދަން ސްކޮލާޝިޕްތައް ދެވޭނެ އެވެ.

"އޭގެ އިތުރުން ޑޮނޭޝަން ވެސް، އެސްއޯއީތަކުން ވެސް ބޭނުންވާ އެހީތެރިކަން ފަންޑަށް ގޮސްގެން ފަންޑުން އެހެން ކަންކަމަށް ވެސް އިންވެސްޓުކޮށްގެން އެ އިންވެސްޓްމެންޓް ފައިސާ އަލުން އަނބުރާ ފަންޑަށް ޖަމާވެގެން ކުރިއަށް ދާނީ." މިނިސްޓަރު ޕީއެސްއެމްގައި ވިދާޅުވި އެވެ.

އޭނަ ވިދާޅުވީ މި ފަންޑް ވާނީ ވަރަށް ދެފުށް ފެންނަ ގޮތަށް ކުރިއަށް ގެންދެވޭނެ ފަންޑަކަށެވެ.