ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންއެފް) ގެ ޖަލްސާއެއް މިރޭ އޮންނާނެ ކަމަށާއި އެ ޖަލްސާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ.
ޕީއެންއެފްއިން ބުނެފައިވަނީ އެޕާޓީގެ ހާއްސަ ޖަލްސާއެއް މިރޭ 8:30 ގައި "ފްރޮންޓްއޮފީހު" ގައި އޮންނާނެ ކަމަށެވެ. މި ޖަލްސާގައި ކުރީގެ ރައީސް ޔާމިން ބައިވެރިވެ ވާހަކަ ދައްކަވާނެ ކަމަށްވެސް އެޕާޓީން މައުލޫމާތުދެއެވެ.
މިރޭ ޕީއެންއެފްގެ އާ ފްރަންޓް އޮފީހުގައި ބާއްވާ ޖަލްސާގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވާނެ. އެންމެހާ ބޭފުޅުންނަށް ދަޢުވަތު އަރުވަން. pic.twitter.com/osFiEbUVmV
— People's National Front (@PNFront) June 24, 2024
ޕީއެންއެފްއިން ވަނީ މި ޖަލްސާގައި އެޕާޓީއަށް އަދި ރައީސް ޔާމީނަށް ތާއީދުކުރައްވާ ފަރާތްތަކުން ބައިވެރިވުމަށް ދައުވަތު އަރުވާފައެވެ.
ޕީއެންއެފްގެ ޖަލްސާއެއް މިރޭ ބޭއްވުމަށް އެޕާޓީން ނިންމާފައިވާއިރު ޕީއެންސީގެ ޖަގަހަ ހުޅުވުމަށް ރޭ ކުރިއަށް ގެންދިޔަ ޖަލްސާގައި ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ރައީސް ޔާމީނަށް އަދި އެމަނިކުފާނުގެ އަރިހުގައި އުޅުއްވާ ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައެވެ.