އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރަސްމީ ދަތުރެއްގައި ޗައިނާ އަށް ފުރާވަޑައިގެންފި އެވެ.
މިނިސްޓްޓްރީން ބުނީ މި ދަތުރަކީ ޗައިނާގެ ދާލިއާންގައި އޮންނަ ވޯލްޑް އިކޮނޮމިކް ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރު ކުރައްވާ ދަތުރެއް ކަމަށެވެ.
މި ދަތުރުގައި ޗައިނާގެ ކޮމާސް މިނިސްޓަރާއި އެހެނިހެން އިސް އޮފިޝަލުންނާ މިނިސްޓަރު ބައްދަލު ކުރައްވައި މަޝްވަރާތަކެއް ވެސް ކުރައްވާނެ އެވެ. އެގޮތުން ވިޔަފާރި އާއި ފައިނޭންޝިއަލް ސެކްޓާއާ ގުޅޭ މަޝްވަރާތަކެއް ކުރިއަށް ދާނެ އެވެ.
ޗައިނާ އަކީ މި ސަރުކާރުން އެންމެ ގާތް ގުޅުމެއް ބާއްވާ ގައުމެވެ. މި އަހަރުގެ ކުރީކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގެ ބޮޑު ވަދުފަކާ އެކީ ޗައިނާ އަށް ކުރެއްވި ދަތުރުގައި އެ ގައުމުގައި އިންވެސްޓްމަންޓް ފޯރަމެއް ވެސް ބާއްވާފައިވެ އެވެ.