Last Updated: September 8, 09:18
Sunday, September 8, 2024
ޚަބަރު

ބަކާ އައިސީޔޫގައި

މި އަހަރުގެ ހައްޖުގެ އަޅުކަމަށް ފަހު އިއްޔެ ރާއްޖެ އައި ހައްޖާޖީންގެ ތެރޭގައި ހިމެނޭ ގައުމީ ފުޓްބޯޅަ ޓީމަށް ކުރިން ކުޅުނު މަޝްހޫރު މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) ގެ ހާލު ދެރަވެ، އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފި އެވެ.

އެނގިފައިވާ އޭނަ ހޮސްޕިޓަލަށް ގެންދިޔައީ ނޭވާލާން އުނދަގޫވެގެންނެވެ. އަދި އެ މައްސަލަ ދިމާވީ އިންފެކްޝަނެއްގެ ސަބަބުންނެވެ.

އައްޑު އަށް ނިސްބަތްވާ ބަކާ، 38، ހައްޖަށް ދިޔައީ ސައުދީ ރަސްގެފާނުގެ ދެއްވި ދައުވަތުފުޅުގެ ތެރެއިން ލިބުނު ފުރުސަތެއްގަ އެވެ.

ގައުމީ ޓީމަށް ވެސް ގިނަ ދުވަސްތަކެއް ވަންދެން ކުޅުނު ބަކާ އަކީ 2008 ވަނަ އަހަރު ރާއްޖެއިން ސާފް ޗެމްޕިއަންޝިޕްގެ ތަށި ނެގި ޓީމުގައި ވެސް ހިމެނުނު ކުޅުންތެރިއެކެވެ. އޭނަ ވީބީ އައްޑޫ އެފްސީގެ އިތުރުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ނިއުރޭޑިއަންޓަށް ވެސް ކުފެފައިވެ އެވެ.