ނެޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) ގެ ބޯޑު އަލުން އެކުލަވާލައި ޗެއާމަނަކަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލުބްނާ މުހައްމަދު ޒާހިރު ހުސައިން އައްޔަންކޮށްފި އެވެ.
އަލަށް އެކުލަވާލި ބޯޑުގައި ހިމެނެނީ ޖުމްލަ 10 މެންބަރުންނެވެ. ޗެއާމަން ލުބުނާ ބޯޑަށް އައްޔަންކޮށްފައި ވަނީ ހޯމްލޭންޑް މިނިސްޓްރީ ތަމްސީލުކުރާ ފަރާތެެއްގެ ގޮތުގަ އެވެ. އޭގެ އިތުރުން ނުވަ ފަރާތެއް އެކި ވުޒާރާތަކާއި އޮފީސް އަދި އިދާރާތައް ތަމްސީލުކުރާ ގޮތަށް ބޯޑަށް އައްޔަންކޮށްފައިވެ އެވެ.
އެންޑީއޭގެ ބޯޑަށް އައްޔަންކުރި ބޭފުޅުން:
* ސްޓޭޓް މިނިސްޓަރު ލުބްނާ މުހައްމަދު ޒާހިރު: ހޯމްލޭންޑް މިނިސްޓްރީން
* ޝިބާނާ އަބްދުﷲދީދީ: ޑެޕިއުޓީ އަންޑަ ސެކްރެޓަރީ ފޯ ޕަބްލިކް ޕޮލިސީ (ރައީސް އޮފީސް)
* ޑެޕިއުޓީ މިނިސްޓަރ އިސްމާއީލް ޒާހިރު: (ހެލްތު މިނިސްޓްރީ)
* ޑެޕިއުޓީ މިނިސްޓަރ އިސްމާއީލް ރަޝީދު: (ޔޫތު މިނިސްޓްރީ)
* ޑިރެކްޓަރ ޖެނެރަލް ފާތިމަތު އައްޒާ: (އެޑިއުކޭޝަން މިނިސްޓްރީ)
* ލެފްޓެނަންޓް ކާނަލް ޑރ. އާމިނަތު ޝުމްރާ: (އެމްއެންޑީއެފް)
* އަހްމަދު އަބްދުއްސައްތާރު: (ޖާނީ ޖަމިއްޔާ)
* ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝާކިރު: (ޕޮލިސް)
* ޑެޕިއުޓީ ޗީފް ސުޕްރިންޓެންޑެންޓް އަހްމަދު ސިމާހް: (ކަސްޓަމްސް)
* ޗީފް ޕްރިންސިޕަލް އިމިގްރޭޝަން އޮފިސަރ ސީނީޒު އަލީ: (އިމިގްރޭޝަން)
އެންޑީއޭ ކުރިން ހެލްތު މިނިސްޓްރީގެ ދަށު ހިންގި ނަމަވެސް އެތަން ހޯމްލޭންޑް މިނިސްޓްރީގެ ދަށަށް ބަދަލުކުރީ މި ސަރުކާރުންނެވެ.