ވައިބަ ހެކްކޮށް، އެ ނަންބަރެއްގެ ވެރިފަރާތުގެ ރަހުމަތްތެރިންނާއި އާއިލާ މެމްބަރުންގެ އަތުން ފައިސާ ހޯދާ މައްސަލަތައް އިތުރުވަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.
އެހެންވެ މިކަމަށް ސަމާލުވާން އިލްތިމާސްކޮށްފައިވެ އެވެ.
ފަހަކަށް ރާއްޖޭގައި ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތައް މެދުވެރިކޮށް މަކަރާއި ހީލަތުން މީސްމީހުންގެ އަތުން ފައިސާ ހޯދާ މައްސަލަ ވަރަށް ބޮޑަށް އިތުރުވެފައިވެ އެވެ. އެހެންވެ މިފަދަ ކަންކަމަށް ވަރަށް ބޮޑަށް ފާވެރިވެރުމަށް ފުލުހުންނާއި ކަމާގުޅޭ އެހެން އިދާރާތަކުން ވެސް އަންނަނީ އާންމުންނަށް ތަކުރާރުކޮށް އިލްތިމާސް ކުރަމުންނެވެ.
ސްކޭމްގެ މައްސަލަތައް އިތުރުވަމުންދާތީ އެފަދަ މައްސަލަތަކާ ދެކޮޅަށް މަސައްކަތް ކުރަން އެންޓި-ސްކޭމް ސެންޓަރެއް ގާއިމު ކުރަން ނިންމާފައިވާ ކަމަށް ދާދި ފަހުން އެސިސްޓަންޓް ޕޮލިސް ކޮމިޝަނަރު އަހުމަދު ޝިފާން ވިދާޅުވެފައިވެ އެވެ.