Last Updated: September 8, 06:17
Sunday, September 8, 2024
ޚަބަރު

ކޮންސްޓްރަކްޝަން ފޯރަމެއްގައި ރާއްޖެ ބައިވެރިވެއްޖެ

ޗައިނާގެ މަކާއޯގައި ބޭއްވި 15 ވަނަ އިންޓަނޭޝަނަލް އިންފްރާސްޓަރަކްޗަ އިންވެސްޓްމަންޓް އެންޑް ކޮންސްޓްރަކްޝަން ފޯރަމް އެންޑް އެކްސްޕޯ (އައިއައިއައިސީއެފް) ގައި ރާއްޖޭގެ ފަރާތުން ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. ޢަބްދުالله މުއްޠަލިބް ބައިވެރިވެވަޑައިގެންފި އެވެ.

މިނިސްޓަރާ އެކީ ކޮންސްޓްރަކްޝަން މިނިސްޓްރީގެ ސީނިއަ އޮފިޝަލުންތަކެއް އެކްސްޕޯގައި ބައިވެރިވެވަޑައިގަތެވެ.

މި އަހަރުގެ ފޯރަމްގައި 70 ގައުމެއްގެ 800 އޯގަނައިޒޭޝަންތަކުން 3500، އަށް ވުރެ ގިނަ ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ލީޑަރުން ބައިވެރިވެފައިވެ އެވެ.

ފޯރަމް ޚާއްސަކުރީ ތިމާވެއްޓާ ރައްޓެހި އަދި ދެމެހެއްޓެނިވިގޮތުގައި ދަތުރުފަތުރު ކުރުމުގެ ނިޒާމެއް ބޭއްވުމުގެ މުހިއްމު ކަމަށާއި ޑިޖިޓަލް ކަނެކްޓިވިޓީ ކުރިމަގުގައި ތަަރައްގީކޮށް ފުޅާކުރުމާ ބެހޭ ގޮތުންނެވެ.