ފުވައްމުލަކުގައި ބާއްވަން ހަމަޖެހިފައިވާ ޤުރުއާން މުބާރާތެއްގައި ބައިވެރިވާން ހުޅުވާލައިފި އެވެ.
ކައުންސިލުން އިންތިޒާމްކޮށްގެން "ފުވައްމުލައް ސިޓީ ކައުންސިލް ޤުރުއާން މުބާރާތް 2024" ގެ ނަމުގައި ބާއްވާ މުބާރާތް ފަށަން ހަމަޖެހިފައި ވަނީ އޮގަސްޓް 4 ގަ އެވެ. މި މުބާރާތަކީ ފުވައްމުލަކުގެ ސްކޫލްތަކަށާއި، އެޑިއުކޭޝަނ މިނިސްޓްރީގައި ރަޖިސްޓްރީކޮށްގެން ފުވައްމުލަކުގައި ހިންގާ ޤުރުއާން ކުލާސްތަކުގެ އިތުރުން ޖަމިއްޔާ ޖަމާޢަތްތަކަށް ހާއްސަކޮށްގެން ބާއްވާ މުބާރާތެއް ކަމަށެވެ.
އެހެންވެ މުބާރާތުގައި ބައިވެރިވާން ޝައުގުވެރިވާ މީހުން އަންނަ މަހުގެ 17 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 ގެ ކުރިން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ފުރިހަމަކޮށް ހުށަހެޅުމަށް ފުވައްމުލަކު ކައުންސިލުން އެދިފައިވެ އެވެ.
މުބާރާތުގެ ކައުންސިލްގެ ވެބްސައިޓް fuvahmulah.gov.mv އިން ލިބޭނެ އެވެ.
މިދިޔަ އަހަރު ވެސް "ފުވައްމުލައް ސިޓީ ޤުރުއާން މުބާރާތް" ބޭއްވި އެވެ.