Last Updated: November 28, 21:08
Thursday, November 28, 2024
މުނިފޫހިފިލުވުން

"އިސްތިރީ 2" މާ ބިރުވެރި ވާނެ

މި އަހަރުގެ އެންމެ އުންމީދީ ބޮލީވުޑްގެ ފިލްމުތަކުގެ ތެރޭގައި ހިމެނޭ ހޮރޯ-ކޮމެޑީ "އިސްތިރީ 2" ގެ ޓީޒާ އާންމުކޮށްފި އެވެ.

މި ފިިލްމަކީ ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އިން 2018 ގައި ގެނެސްދީގެން ބޮޑު މަގުބޫލުކަމަކާއި ބޮކްސް އޮފީހުގައި ހައިރާން ކުރުވަނިވި ވަރުގެ އާމްދަނީއެއް ވެސް ހޯދި "އިސްތިރީ" ގެ ސީކްއެލް އެވެ.

އޮގަސްޓް މަހުގެ 15 ގައި ސިނަމާތަކަށް ދޫކޮށްލަން ހަމަޖެހިފައިވާ ފިލްމުގެ ކާސްޓްގައި ކުރީގެ ބައިގެ މައިގަނޑު ހުރިހާ ތަކެއް ހިމެނޭނެ އެވެ. އޭގެ ތެރޭގައި ޝްރަދާ ކަޕޫރާއި ރާޖްކުމާރު ރާއޯ އާއި ޕަންކަޖް ޓްރިޕަތީ އާއި އަޕަރް ޝަކްތީ ކުރާނާގެ އިތުރުން އަބީޝެކް ބެނަޖީ ހިމެނެ އެވެ. "އިސްތިރީ 2" ގެ ހާއްސަ ފެނިލުމެއްގައި ތަމަންނާ ބާޓިއާގެ އިތުރުން މެޑޮކް އިން 2022 ގައި ގެނެސްދިން ސުޕަނެޗްރަލް ހޮރޯ-ކޮމެޑީ "ބީޅިޔާ" ގެ ބަތަލު ވަރޫން ދަވަން ވެސް ހިމެނެ އެވެ.

"އިސްތިރީ 2" ވެސް ޑައިރެކްޓްކުރީ ފުރަތަމަ ބައިގެ އިތުރުން "ބީޅިޔާ" ހެދި އަމަރު ކޯޝިކެވެ.

މެޑޮކް އިން މި މަހުގެ 7 ގައި ރިލީޒްކުރި ހޮރޯ-ކޮމެޑީ "މުންޖިއާ" ވެސް ވެފައި ވަނީ ވަރަށް ކާމިޔާބު ފިލްމަކަށެވެ. އެއަށް މިހާރު ވަނީ ސުޕަ ހިޓެއްގެ ދަރަޖަ ވެސް ލިބިފަ އެވެ.