އައްޑޫ ހޮސްޕިޓަލުގެ މައްސަލައިގައި ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް އަނެއްކާ ވެސް ހޮސްޕިޓަލުގެ ޕްރޮޖެކްޓާއި މެދު ސުވާލު އެފެދޭ ކަންތައް ތަކެއް ފެންމަތިވެއްޖެއެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާޢި ބެހޭ ކޮމެޓީގެ ބައްދަލުވުމަށް އައްޑޫ ސިޓީގައި އަޅަން ހަމަޖެހިފައިވާ ހޮސްޕިޓަލުގެ މައްސަލަ ހުށަހެޅުމުން އެމައްސަލަ ބޭރުކޮށްލުމަށް އެންމެ ބޮޑަށް ވަކާލާތު ކުރެއްވި ހުޅުދޫ ދާއިރާގެ މެންބަރު ޝާހިދު ވަނީ ހޮސްޕިޓަލަށް ހިނގާނެ ޚަރަދު ކަމަށް ވިދާޅުވެ އަދަދު ތަކެއް ވެސް ވިދާޅުވެފައެވެ.
މިގޮތުން ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު ވިދާޅުވިގޮތުގައި އައްޑޫ ސިޓީގައި އަޅާ އާ ހޮސްޕިޓަލަށް ބޭރުގެ އެހީގެ ގޮތުގައި ލިބިފައިވަނީ 20 މިލިއަން ޑޮލަރު ކަމަށެވެ. ނަމަވެސް ބޭރުގެ އެހީގެ ގޮތުގައި ލިބުނު ކަމަށް ހެލްތު މިނިސްޓްރީ އިން ބުނާ އަދަދާއި ޝާހިދު ވިދާޅުވާ އަދަދުގައި ތަފާތު ތަކެއް ހުރިކަން ވަނީ ހާމަވެގެން ގޮސްފައެވެ.
މިމަހުގެ 26 ވަނަ ދުވަހު ހެލްތް މިނިސްޓްރީގެ ފަރާތުން ރާއްޖޭގެ ނޫހެއް ކަމަށްވާ 'ހަވީރަ'ށް ދިން އިންޓަވިއު އެއްގައި އެ ހޮސްޕިޓަލްގެ ކަންތައްތައް އެންމެ ގާތުން ބައްލަވާ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. މުހައްމަދު ހަބީބު ވިދާޅުވެފައިވާ ގޮތުން ބޭރުގެ އެހީގެ ގޮތުގައި ހޮސްޕިޓަލް އެޅުމަށް 21 މިލިއަން ޑޮލަރު ވަނީ ލިބިފައެވެ.
ހެލްތް މިނިސްޓްރީގެ ފަރާތުން ޑރ. ހަބީބް ހާމަކުރެއްވި އަދަދުތައް :
ހޮސްޕިޓަލްގެ މައްސަލައިގައި ރައްޔިތުންގެ ކަންބޮޑުވުންތައް ގެނެސްދިނުމުން 'އައްޑޫލައިވް' އަކީ 'މުރުތައްދު މީޑިޔާއެއް'ގެ ގޮތުގައި ސިފަކުރެއްވި ހުޅުދޫ ދާއިރާގެ މެންބަރ ޝާހިދު ވިދާޅުވި އަދަދާއި ހެލްތް މިނިސްޓްރީގެ ފަރާތުން ޑރ.ހަބީބު ވިދާޅުވި އަދަދުގައި ތަފާތު ތަކެއް ހުރުމުން 2017 ވަނަ އަހަރު ނިމުމުގެ ކުރިން އާ ހޮސްޕިޓަލް ހުޅުވިދާނެ ކަމާއި މެދު ރައްޔިތުންގެ ހިތްތަކުގައި އަނެއްކާވެސް މިވަނީ ޝައްކުތަކެއް އުފެދިފައެވެ.
އައްޑޫ ހޮސްޕިޓަލަށް ޚަރަދު ކުރުމަށް ބޭރުގެ އެހީގެ ގޮތުގައި ލިބުނު ކަމަށް ހެލްތް މިނިސްޓްރީ އިން ބުނާ 21 މިލިއަން ޑޮލަރު 20 މިލިއަން ޑޮލަރަށް ބަދަލުވީ ކީއްވެގެންތޯ އެވެ ؟ 1 މިލިއަން ޑޮލަރު އަނެއްކާ ގެއްލުނީ ތޯއެވެ ؟ މިއީ އައްޑޫ ރައްޔިތުން ކުރާ ސުވާލެކެވެ. ސަރުކާރާއި މެދު ނަފްރަތު އުފެއްދުމެއް ނޫނެވެ.