Last Updated: July 3, 18:06
Wednesday, July 3, 2024
ޚަބަރު

ބަކާގެ ޖަނާޒާ ބާއްވައިފި

އިއްޔެ ނިޔާވި ރާއްޖޭގެ މަޝްހޫރު ފުޓްބޯޅަ ތަރި މުހައްމަދު އާރިފް ބަކާ) ގެ ޖަނާޒާ މިއަދުގެ ފަތިސް ނަމާދަށް ފަހު ބާއްވައިފި އެވެ.

އޭނަގެ ކަށުނަމާދު އޮތީ އިސްލާމީ މަރުކަޒުގަ އެވެ. އަދި ބަކާ ވަޅުލާފައި ވަނީ މާލޭގެ ގަލޮޅު ސަހަރާގަ އެވެ.

ބަކާ ނިޔާވީ ހައްޖުގެ އަޅުމަކަށް ފަހު، ހޯމަ ދުވަހު މާލެ އައިނަތަނާ އިއްޔެ އެ ރޭ ހާލު ދެރަވެ، އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް އިއްޔެ ހަވީރު އެވެ. އައްޑޫ ހިތަދޫ ނީލްގޭ، ބަކާ، 38، ހައްޖަށް ދިޔައީ ސައުދީ ރަސްގެފާނުގެ ދެއްވި ދައުވަތުފުޅުގެ ތެރެއިން ލިބުނު ފުރުސަތެއްގަ އެވެ.

ގައުމީ ޓީމަށް ވެސް ގިނަ ދުވަސްތަކެއް ވަންދެން ކުޅުނު ބަކާ އަކީ 2008 ވަނަ އަހަރު ރާއްޖެއިން ސާފް ޗެމްޕިއަންޝިޕްގެ ތަށި ނެގި ޓީމުގައި ވެސް ހިމެނުނު ކުޅުންތެރިއެކެވެ. އޭނަ ވިކްޓްރީ، ވެލެންސިއާ، ނިއު ރޭޑިއަންޓް، އީގަލްސް، އައިލޭންށް އެފްސީ އާއި ވީބީ އައްޑޫ އެފްސީގެ އިތުރުން މާޒިޔާ އަށް ވެސް ކުފެފައިވެ އެވެ.

މީގެ އިތުރުން މިއަންމާގެ ޓީމެއް ކަމަށްވާ ކަންބަވްޒާ އެފްސީ އަށް ވެސް 2014 ގައި ބަކާ ކުޅުނެވެ.

އޭނަގެ މަރާ ގުޅިގެން ވަރަށް ގިނަ ބަޔަކު މިހާރު އަންނަނީ ސޯޝަލް މިޑިއާގައި ހިތާމަފާޅު ކުރަމުންނެވެ.