Last Updated: September 8, 06:07
Sunday, September 8, 2024
ޚަބަރު

މެނިންގޯކޮކަލް ކޭހާ ގުޅިގެން ފިޔަވަޅު އަޅަން ފަށައިފި

ނުރައްކާތެރި ޖަރާސީމަކުން ފެތުރޭ އަދި ގައިންގަޔަށް އަރާ ނުރައްކާތެރި ބައްޔެއް ކަމަށްވާ މެނިންގޮކޯކަލް ބަލީގެ ކޭހެއް ރާއްޖެއިން ފެނުމާ ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހަދައި، ކޮންޓެކްޓުން ދެނެގަނެ އެ މީހުންގެ ފަރުވާ މިހާރު ފަށާފައިވާ ކަމަށް ހެލްތު ޕްްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެ ތަނުން ބުނީ ކޮންޓެކްޓްވީ މީހުން މައުލޫމާތު ދީ، ކޮންޓެކްޓުންނަށް ބަލިން ރައްކާތެރިވުމަ ށްދޭ ޕްރޮފައިލެކްޓިކް ބޭސް ދޭން ފަށައިފައިވާ ކަމަށެވެ.

އެޗްޕީއޭ އިން ބުނި ތުގައި ބަލި ޖެހިފައިވާ މީހާއާއެކު އެންމެ ގާތްކޮށް އުޅޭ ފަރާތްތަކަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ.

އެގޮތުން ކޮންޓެކްޓުންގެ ގޮތުގައި ބެލެވޭ މީހުންގެ ތެރޭގައި ބަލިމީހާއާ އެކީ އެއް ގެއެއްގައި ދިރިއުޅޭ މީހުންނާއި ބަލިމީހާއާ އެއްކޮށް ގިނައިރު އެއް ބަހެއްގައި، ނުވަތަ އެއް މަތިންދާބޯޓެއްގައި ދަތުރުކުރި މީހުން ހިމެނޭކަމަށް އެޗްޕީއޭއިން ހާމަކޮށްފައި ވެއެވެ. މީގެ އިތުރުން ބަލިމީހާގެ ކުޅުފަދަ ނޭވާލާ ނިޒާމުން އުފެދޭ ދިޔައަަށް ހުށައެޅިފައިވާ މީހުން ބަލަނީ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ.

މެނިންގޮކޯކަލް މެނިންޖައިޓިސް އަލާމަތްތަކުގެ ތެރޭގައި ސިކުނޑި އާއި ސްޕައިނަލް ކޯޑުގެ ވަށައިގެން ހުންނަ ދުލިފަށަލަ އިންފެކްޓުވެ، ދުޅަވުމާއި ލޭގާ އިންފެކްޝަން އުފެދި، ބެކްޓީރިއާ ލޭގައި ދައުރުވެ، ލޭހޮޅިތަކަށް ގެއްލުންވުން ހިމެނެ އެވެ.

މި ބަލި ފެތުރެނީ ނޭވާލާ ނިޒާމުގެ ޒަރީއާއިންނެވެ. ބަލީގެ އަލާމާތްތައް ފެންނަން ފަށާނީ ބަލިޖެހޭތާ 1-10 ދުވަހާ ދެމެދު އެވެ.

މިއީ މެނިންގޮކޯކަލް އިން ރާއްޖެ އިން ފެނުނު ފުރަތަމަ ފަހަރެވެ.