އައްޑޫ ހުޅުމީދޫގައި ހުރި ތާރުތަކެއްގައި ރޯވެއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ އެ އަވަށު މިޔާހް ފެކްޓްރީ ފަހަތުގައި އޮންނަ ވަލުތެރޭގައި ހުރި ތާރުތަކެއްގައި ރޯވިކަމުގެ މައުލޫމާތު ލިބުނީ ރޭ އިރާކޮޅު 7:13 އެހާއިރު ކަމަށެވެ. އަދި އެ މައުލޫމާތު ލިބުމާ އެކީ ހުޅުމީދޫ ފަޔަ ސްޓޭޝަނަށްގެ ފަޔަ ފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތްކޮށްފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
އެގޮތުން އަލިފާން ނިއްވައިލެވުނީ މރޭ 8:00 ޖަހައި ބޮޑުވި ފަހުންނެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވިކަމުގެ ރިޕޯޓް ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. ނަމަވެސް ތާރުތަކުގައި ރޯވާން ދިމާވި ސަބަބެއް އަދި ސަާފެއ ްނުވެ އެވ.
މީގެ ކުރިން ވެސް ހުޅުމީދޫގައި ހުރި ގިނަ އަދަދެއްގެ ތާރުތަކެއްގައި ރޯވެފައިވެ އެވެ.