Last Updated: September 8, 09:44
Sunday, September 8, 2024
ޚަބަރު

އޮލިމްޕިކް ކޮމިޓީގެ ނައިބަކަށް މުންތަގިމް

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ނައިބު ރައީސްގެ މަގާމަށް އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޖެނެރަލް ސެކްރެޓަރީ، އަހުމަދު މުންތަގިމް އިންތިހާބުކޮށްފި އެވެ.

އޭނަ އެ މަގާމަށް އިންތިހާބުކޮށްފައި ވަނީ ރޭ ބޭއްވި އޮލިމްޕިކް ކޮމިޓީގެ އެކްސްޓްރާ އޯޑިނަރީ ޖެނެރަލް އެސެމްބްލީގަ އެވެ. އެ ނައިބު ރައިސް ކަމަށް ކުރިމަތިލެއްވީ ވެސް އައްޑޫ ފޭދު އަށް ނިސްބަތްވާ މުންތަގިމް އެކަންޏެވެ.

އޮލިމްޕިކް ކޮމިޓީގެ ނައިބު ރައީސްގެ މަގާމު މާޗު މަހުގެ ތެރޭގައި ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި މިހާރުގެ ކޮމިޝަނާ އޮފް ސްޕޯޓްސްގެ މަގާމަށް އައްޔަން ކުރުމާ ގުޅިގެންނެވެ.

އެތުލެޓިކްސް އެސޯސިއޭޝަންގެ ޖެނެރަލް ސެކެރެޓެރީގެ މަގާމު ފަސް ވަނަ ދައުރަކަށް އަދާކުރައްވަމުން އަންނަ މުންތަގިމް 2021 ގެ އޮލިމްޕިކްސް ގޭމްސްގެ ރާއްޖޭގެ ޝެފް ޑި މިޝަނަރެއ2ްގެ ގޮތުގައި މަސައްކަތް ކުރެއްވި އެވެ. މިދިޔަ އަހަރު ވިއެޓްނާމްގައި ބޭއްވި 31 ވަަނަ ސައުތް އީސްޓް އޭޝިއަން ގޭމްސްގައި ޓެކްނިކަލް އޮފިޝަލެއްގެ ގޮތުގަ އިވެސް އޭނަ މަސައްކަތް ކުރެއްވި އެވެ.

ރޭ ބޭއްވި އެކްސްޓްރާ އޯޑިނަރީ އެސެމްބްލީގައި 16 މެމްބަރު އެސޯސިއޭޝަންގެ ތެރެއިން 15 އެސޯސިއޭޝަކުން ވަނީ ބައިވެރިވި އެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސަކީ މުހައްމަދު އަބްދުލް ސައްތާރެވެ.