ހޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ ޑްވޭން ޖޯންސަން ރޮކް) އާއި ކްރިސް އިވަންސް މުހިއްމު ރޯލުތައް ކުޅެފައިވާ ކްރިސްމަސް އެކްޝަން-އެޑްވެންޗަ ކޮމެޑީ މި އަހަރުގެ ނޮބެމްބަރު 13 ގައި ސިނަމާތަކަށް ގެންނަން ނިންމައި، ފިލްމުގެ ޓްރެއިލާ ދައްކާލައިފި އެވެ.
އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ މި ފިލްމަކީ ޖޭކް ކަސްޑާން ޑައިރެކްޓްކޮށްފައިވާ އެއްޗެކެވެ. އޭނަ އަކީ ރޮކް މުހިއްމު ރޯލެއް ކުޅުނު 2017 ގެ "ޖުމާންޖީ: ވެލްކަމް ޓު ދަ ޖަންގަލް" އާއި 2019 ގެ "ޖުމާންޖީ: ދަ ނެކްސްޓް ލެވެލް" ގެ ވެސް ޑައިރެކްޓަރެވެ.
ރޮކް ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް ހިއްސާވާ "ރެޑް ވަން" ގެ ކާސްޓްގައި ލޫސީ ލިއު، މޭރީ އެލިޒަބަތު އެލިސް، ޖޭކޭ ސައިމަންސް، ބޮނީ ހަންޓް އަދި ޖެނާ ކަނެލް ހިމެނެ އެވެ.
ވޯނާ ބްރޮސް އިން ޑިސްޓްރިބިއުޓްކުރާ މި ފިލްމި ހަދާފައި ވަނީ 250 މިލިއަން ޑޮލަރުގެ ބަޖެޓަކުންނެވެ.