ކާމިޔާބު ހޮރޯ-ކޮމެޑީތަކެއް ގެނެސްދެމުން އަންނަ ޕްރޮޑިއުސަރު ދިނޭޝް ވިޖަންފެ މެޑޮކް ފިލްމްސް އިން އަލަށް މަސައްކަތް ފަށަން ތައްޔާރުވަމުން އަންނަ އެ ޖޯންރާގެ އާ ފިލްމަކީ "ވެމްޕަޔާސް އޮފް ވިޖޭ ނަގަރު" ކަމަށާއި އޭގެ ލީޑް ތަރިންނަކީ އަޔޫޝްމަން ކްރާނާ އާއި ރަޝްމިކާ މަންދަނާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ މި ފިލްމުގެ ޑައިރެކްޓަރަކީ އަދިތިޔާ ސަރްޕޯޓްދަރު ކަމަށެވެ. އޭނަ އަކީ މި މަހުގެ 7 ގައި ރިލީޒްކޮށް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދަމުން އަންނަ މެޑޮކްގެ އެންމެ ފަހުގެ ހޮރޯ-ކޮމެޑީ "މުންޖިއާ" ގެ ވެސް ޑައިރެކްޓަރެވެ.
"ވެމްޕަޔާސް އޮފް ވިޖޭ ނަގަރު" ގެ ޝޫޓިން ފަށަން ހަމަޖެހިފައި ވަނީ މި އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. މި ފިލްމު ވާނީ އަޔޫޝްމަނާއި ރަޝްމިކާ އެކީގައި ކުޅޭ ފުރަތަމަ ފިލްމަށެވެ.
މެޑޮކް އިން ދެން އެންމެ އަވަހަށް ގެނެސްދޭނެ ހޮރޯ-ކޮމެޑީ އަކީ އޮގަސްޓް 15 އަށް ތާވަލުކޮށްފައިވާ ޑައިރެކްޓަރު އަމަރު ކޯޝިކްގެ "އިސްތިރީ 2" އެވެ މިއީ އޭނަ 2018 ގައި ޝްރަދާ ކަޕޫރާއި ރާޖްކުމާރު ރާއޯއާ އެކީ ގެނެސްދިން ކާމިޔާބު ފިލްމު "އިސްތިރީ" ގެ ސީކްއެލ އެވެ.