އިދާރީ ދާއިރާތަކާ ބެހޭ މިނިސްޓަރު އާދަމް ޝަރީފު ރަސްމީ ދަތުރެއްގައި ޗައިނާ އަށް ފުރާވަޑައިގެންފިއެވެ.
މިކަމާ ގުޅޭ ގޮތުން މިނިސްޓަރު އެކްސްގެ ވީޑިއޯ ޕޯސްޓެއްގައި ވިދާޅުވީ ޗައިނާއަށް ކުރައްވާ ދަތުރަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އެދިވަޑައިގަތުމުގެ މަތިން ރާއްޖޭގެ ޓެލެކޮމިއުނިކޭޝަން ދާއިރާ މިހާރަށް ވުރެ ހަރުދަނާކުރުމަށް ކުރަން ޖެހޭ މަސައްކަތް ކުރުމާ ގުޅޭ ދަތުރެއް ކަމަށެވެ. އެގޮތުން މުވާސަލާތީ ހިދުމަތް އެންމެ ފުރިހަމަކަމާ އެކު ދެވޭނެ ގޮތްތައް ދެނެގަތުމަކީ މި ދަތުރުގެ އެންމެ ބޮޑު އެއް މަގުސަދުކަމަށް ވިދާޅުވި އެވެ.
އާދަމް ޝަރީފު ވިދާޅުވީ ޗައިނާގައި 5 ޖީ ގެ ހިދުމަތް އެންމެ ފުޅާ ދާއިރާގައި ދެމުންގެން އަންނަ ފަރާތްތަކާއި އެކީ ބޭއްވޭ މަޝްވަރާ ބައްދަލުވުންތަކާއި އަދި އެ ހިދުމަތް ދޭނެ ގޮތާއި ބެހޭ ގޮތުން އިތުރު މައުލޫމާތު ހޯދޭނެ ބައްދަލުވުންތައް ޗައިނާ ދަތުރުގައި ކުރިއަށް ދާނެ ކަމަށެވެ.
މިހާރު ވެސް މިނިސްޓަރުންތަކެއް ތިއްބެވީ ރަސްމީ ދަތުރުތަކެއްގައި ޗައިނާގަ އެވެ. އެއީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.