Last Updated: October 18, 10:45
Friday, October 18, 2024
ޚަބަރު

ހައްޖާޖީންނަށް އައިޖީއެމްއެޗްގައި ފްލޫ ކްލިނިކެއް

ރާއްޖެ އިން މި އަހަރު ހައްޖަށް ދިޔަ މީހުންނަށް ހާއްސަކޮށްގެން އައިޖީއެމްއެޗްގައި ފްލޫ ކްލިނިކެއް ހުޅުވައިފި އެވެ.

އެ ހޮސްޕިޓަލުން ބުނީ ބުނީ ހައްޖުން އެނބުރި އަންނަ މީހުންނަށް ހާއްސަކޮށް ފްލޫ ކްލިނިކް ހުޅުވީ އައިޖީއެމްއެޗްގެ ކޮންސަލްޓޭޝަން ރޫމުގެ 10 ވަނަ ނަންބަރުގައި ކަމަށެވެ.

އެތަނުން ކްޓަރަށް ދެއްކުމާއި ލޭގެ ސާމްޕަލް ނެގުމުގެ ހިދުމަތް ލިބޭނެ އެވެ. ފްލޫ ކްލިނިކްގެ ހިދުމަތް ދޭނީ ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ރޭގަނޑު 8:00 އަށެވެ.

ދިވެހި ހައްޖާޖީން އެނބުރި އަންނަން ފެށީ މިދިޔަ ހޯމަ ދުވަހު އެވެ. މި އަހަރު ރާއްޖެ އަށް ހައްޖަށް ދިޔަ މީހުންގެ ތެރެއިން މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ މުހައްމަދު އާރިފު (ބަކާ) އަށް އިންވޭސިވް މެނިންގޯކޮކަލް ޖެހި، އެ ބަލީގައި ހާލު ސީރިއަސްވެ އަންގާރަ ދުވަހު ވަނީ ނިޔާވެފަ އެވެ.

ހައްޖާޖީންގެ ދެވަނަ ގްރޫޕް މިއަދު ރާއްޖެ އަންނަ ހަމަޖެހިފައިވެ އެވެ. އަދި ތިން ވަނަ ގްރޫޕް އަންނަ މަހުގެ 1 ގައި އަދި ހަތަރު ވަނަ ގްރޫޕް އަންނަ މަހުގެ 4 ގައި އަންނާނެ އެވެ.

ރާއްޖެ އިން މި އަހަރު ހައްޖަށް ދިޔައީ 1،150 މީހުންނެވެ.