Last Updated: September 8, 03:07
Sunday, September 8, 2024
ޚަބަރު

ރާއްޖޭގެ ޒުވާން ޑޮކްޓަރަކު ނިޔާވެއްޖެ

އައިޖީއެމްއެޗްގައި ކެއްސަރުގެ ބައްޔަށް ފަރުވާ ދެއްވާ ޒުވާން ޑޮކްޓަރު އައިޝަތު އަނާން ޝަފީއު ނިޔާވެއްޖެ އެވެ،

އުމުރުން 28 އަހަރުގެ އަނާން އަވަހާރަވީ ސްރީ ލަންކާގަ އެވެ. އޭނަ މިހާތަނަށް މަސައްކަތް ކުރައްވަމުން ގެންދެވީ އައިޖީއެމްއެޗްގެ ހިންގާ އޮންކޮލޮޖިސްޓް ސެންޓަރުގަ އެވެ.

އަނާންގެ މަރާ ގުޅިގެން ޑރ. މުހައްމަދު ޝިފާން ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ، އަނާން ވަކިވެގެން ދިއުމަކީ ފޫނުބެއްދޭ ވަރުގެ ހުސްކަމެއް ކަމަށެވެ.

"އެއީ ހަމައެކަނި މޮޅު ޑޮކްޓަރެއް ނޫން. އޭނާއާ ބައްދަލުވި ކޮންމެ ބަލި މީހަކަށް ވެސް އުއްމީދެއް ގެނެސްދޭ،. ބައްދަލުވި ކޮންމެ މީހަކަށް ވެސް ރަހުމު ކުރެއްވި ޑޮކްޓަރެއް." ޝިފާން ވިދާޅުވި އެވެ.

އޭނަ ވިދާޅުވި ގޮތުގައި. އަނާން އަބަދު ވެސް މަސައްކަތްތަކެއް ކުރައްވާފައި ވަނީ ބަލިމީހުންނަށް އެންމެ ރަނގަޅު ފަރުވާ ދެއްވުމަށެވެ. އަދި އޭނަ އަކީ އަބަދުވެސް މީހުންނަށް ރަހުމުކުރައްވާ އޯގާތެރިކަން އިސްކުރެއްވާ ޑޮކްޓަރެއް ކަމަށް ވެސް ވިދާޅުވި އެވެ. ފައެވެ.