ރާއްޖޭގައި ބޮޑުވެފައިވާ ސްކޭމްތަކާ ދެކޮޅަށް މަސައްކަތް ކުރަން ފުލުހުން އުފައްދަން ނިންމާފައިވާ އެންޓި-ސްކޭމް ސެންޓަރާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް މީޑިއާތަކާ އެކީ ބައްދަލުވުމެއް ބާއްވައިފި އެވެ.
އިސްކަންދަރު ބިލްޑިންގުގައި މިއަދު ބޭއްވމި ބައްދަލުވުމުގައި، ސެންޓަރު ގާއިމުކުރުމަށް މިހާތަނަށް ކުރެވިފައިވާ މަސައްކަތްތަކާއި މިހާރު ކުރެވެމުން އަންނަ މަސައްކަތްތަކުގެ މައުލޫމާތު ހިއްސާކޮށްފައިވެ އެވެ. އަދި މި ސެންޓަރު ހިންގާނެ ގޮތާއި ރާއްޖޭގައި ސްކޭމްގެ މިހާރުގެ ހާލަތު އޮތް ގޮތުގެ މައުލޫމާތު ވެސް ހިއްސާކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ސްކޭމްތަކުގެ ޝިކާރަކަށްވާ މީހުންނާއި އެފަދަ މައްސަލަތައް މަދުކުރުމުގައި މީޑިއާތަކުގެ ދައުރާއި މީޑިއާތަކަށް ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުން ވެސް މައުލޫމާތު ހިއްސާކުރި ކަމަށެވެ.