Last Updated: November 26, 13:45
Tuesday, November 26, 2024
ޚަބަރު

ޑައިމޯފިން ޓްރެފިކްކުރި މީހަކު ހޯދަނީ

ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުކުރަން މީހަކު ހޯދަން އިއުލާންކޮށްފި އެވެ.

ކޯޓް އަމުރާ ގުޅިގެން ފުލުހުން ހޯދަނީ ކ. މާފުށި، ހަނދުވަރުދޭގެ، މުޙައްމަދު ނަސީމް، 42، އެވެ.

އޭނަ ހޯދަން އިއުލާން ކުރީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލާ ގުޅިގެން އެ ކޯޓަށް ހާޒިރު ކުރަން ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮ ށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެންނެވެ. އެގޮތުން މި މަހުުގެ 30 ވަނަ ދުވަހުގެ ހެނދުނު 09:00 އަށް ނަސީމު ކްރިމިނަލް ކޯޓަށް ހާޒިރުކޮށް ދިނުމަށް ފުލުހުންގެ އަމުރުކޮށްފައިވެ އެވެ.

އެހެންވެ އޭނަ ހޯދަން އިއުލާންކޮށް ފުލުހުން ބުނީ ނަސީމާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހަކު ވާ ނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅައި ހިއްސާކޮށް ދޭން އެދޭ ކަމަށެވެ.