Last Updated: April 21, 17:56
Monday, April 21, 2025
ޚަބަރު

ބަރަހަނާ ފޮޓޯތަކެއްގެ ލީކްވި މީރާ ޕީޕީއެމް އަށް!

ރޭ ހޮޓެލް ޖެންގައި ބޭއްވި ރސްމިއްޔާތުގެ ތެރެއިން . ފޮޓޯ: އަސުރުމާ އެފްބީ ޕޭޖް

ރާއްޖޭގެ މަޝްހޫރު ލަވަކިއުންތެރިއާ މީރާ މުހައްމަދު މާޖިދުގެ ބަރަހަނާ ފޮޓޯތަކެއްގެ މައްސަލަ ފުލުހުން ބަލަމުން ދަނިކޮށް އޭނާ ޕީޕީއެމް އަށް ސޮއިކޮށްފިއެވެ.

ރޭ ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި ލަވަކިއުންތެރިޔާ ޕީޕީއެމް އަށް ސޮއިކޮށްފައިވާއިރު މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ލީކުވި ފޮޓޯ ތަކަކީ އަސްލު ފޮޓޯތަކެއް ތޯ ބެލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން އޭރު ބުނެފައިވާ ގޮތުގައި ބަރަހަނާ ފޮޓޯތަކަކީ އެކި ގޮތްގޮތަށް އެޑިޓްކޮށްގެން ފަހަކަށް އައިސް ހެދޭ އެއްޗެއް ކަމަށް ވުމުން ތަހުގީގު ކުރުމުގެ ކުރިން އެ ފޮޓޯއަކީ އަސްލު ފޮޓޯއެއްތޯ ކަށަވަރު ކުރަން ޖެހޭ ކަމަށާއި އަދި މައްސަލައެއް ބެލުމަކީ ތަހުގީގު ކުރުމެއް ނޫން ކަމަށާއި މައްސަލަ ތަހުގީގު ކުރަނީ އެ މައްސަލައާއި ގުޅުން ހުރި މީހުން ހާޒިރުކޮށް ބަޔާން ނަގައި ދައުވާ ކުރެވޭނެ ވަރުގެ މައްސަލައެއްތޯ ބެލުމަށް ކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ލީކުވި ފޮޓޯތަކާއި ބެހޭގޮތުން މީރާގެ ފަރާތުން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.