Last Updated: January 14, 16:31
Tuesday, January 14, 2025
ރިޕޯޓް

އިޚްލާޞްތެރިކަމުގެ މޭވާ

އިޚްލާޞްތެރި ކަމެއް ނުވާނަމަ ހެޔޮ ޢަމަލުތައް ޤަބޫލު ނުވެވޭނެ އެވެ. އަދި ކިތަންމެ ގިނަ ޢަމަލެއް ކުރިޔަސް އިޚްލާޞްތެރި ކަމެއް ނުވާ ނަމަ އެކަންކަން އޭނާއަށް ރައްދު ކުރެވޭނެ އެވެ. އިޚްލާޞްތެރިކަމަކީ އަޅާގެ މައްޗަށް ޝައިޠާނާ ވެރިވެގަތުމަށް އޮތް ހުރަހެކެވެ. އިބިލާހާ ބެހޭގޮތުން ﷲ ތަޢާލާ ވަޙީކުރެއްވި އެވެ.

قَالَ فَبِعِزَّتِكَ لَأُغْوِيَنَّهُمْ أَجْمَعِينَ ﴿٨٢﴾ إِلَّا عِبَادَكَ مِنْهُمُ الْمُخْلَصِينَ ﴿٨٣﴾

މާނައީ: "އެކަލޭގެ ދެންނެވިއެވެ. ފަހެ، އިބައިލާހުގެ ޢިއްޒަތްތެރިވަންތަކަން ގަންދީ ބުނަމެވެ. ހަމަކަށަވަރުން، އެއުރެން އެންމެން މަގުފުރައްދާހުށީމެވެ. [82] އެއުރެންކުރެ، އިބައިލާހަށް އިޚްލާޞްތެރި އަޅުން މެނުވީއެވެ. [83]"

އިޚްލާޞްތެރިންވާހުށީ ﷲ ގެ ރައްކާތެރިކަމުގެ ސަބަބުން ފާފަތަކުންނާއި ނުރުހުންތެރިކަންކަމުން ރައްކާތެރިކުރެވިގެންނެވެ. ޔޫސުފު عليه السلام އާ ބެހޭގޮތުން ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿كَذَٰلِكَ لِنَصْرِفَ عَنْهُ السُّوءَ وَالْفَحْشَاءَ ۚ إِنَّهُ مِنْ عِبَادِنَا الْمُخْلَصِينَ﴾[سورة يوسف ٢٤]

މާނައީ: "އެފަދައިން (އެ دليل ދެއްކެވީ) ތިމަންއިލާހު، އެކަލޭގެފާނުގެ ކިބައިން ނުބައި ޢަމަލާއި، ހުތުރުކަންބޮޑު ފާފަ ދުރުކުރެއްވުމަށްޓަކައެވެ. ހަމަކަށަވަރުން، އެކަލޭގެފާނުވަނީ، ތިމަންއިލާހަށް އިޚްލާޞްތެރި އަޅުންގެ ތެރެއިންނެވެ."

އިޚްލާޞްތެރިކަމުގެ ސަބަބުން ދަރަޖަތައް އުފުލި ހެޔޮކަމުގެ ދޮރުތައް ހުޅުވިގެންދެ އެވެ.

((إِنَّكَ لَنْ تُخَلَّفَ فَتَعْمَلَ عَمَلًا تَبْتَغِي بِهِ وَجْهَ اللَّهِ إِلَّا ازْدَدْتَ بِهِ دَرَجَةً وَرِفْعَةً)) [متفق عليه]

މާނައީ: "ހަމަކަށަވަރުން ތިބާއަށް ދިގު ޢުމުރެއް ދެވި، އޭގެ ސަބަބުން ﷲގެ ވަޖުހުފުޅު އަދައިގެން (ހެޔޮ) ޢަމަލުކޮށްފި ނަމަ، އެކަމަށްޓަކައި ތިބާގެ ދަރަޖައާއި ޤަދަރު އިތުރުނުވެ ނުދާނެ އެވެ."

ހިތުގެ ހަމަޖެހުމާއި ބާއްޖަވެރިކަމުގެ އިޙްސާސާއި މަޚްލޫޤުންގެ ނިކަމެތިކުރުންތަކުން ސަލާމަތްކަން އޮތީ އިޚްލާޞްތެރިކަމުގަ އެވެ. ފުޟައިލް ބުން ޢިޔާޟް ވިދާޅުވިއެވެ. "މީސްތަކުންގެ ގޮތް އެނގިއްޖެމީހަކު ހަމަޖެހިލާނެއެވެ." މީސްކަތުންނަށް އޭނާއަށް ފައިދާއެއް ވެސް އަދި ގެއްލުމެއް ވެސް ނުދެވޭނެކަން އެނގޭ މީހަކު މީސްތަކުންނަށް ބޭނުން ނުޖެހޭނެ އެވެ.

ނޯޓް: އިލްމު.އެމްވީ