ޅ. ފެލިވަރު ފިޝަރީޒް ކޮމްޕްލެކްގެ މަސައްކަތްތައް ފުޅާކުރުމުގެ ގޮތުން އެތަނުގެ ބޭނަރީ ބޮޑު ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއުގެ ޑިޒައިނިންގެ މަސައްކަތް ފަށައިފި އެވެ.
ފެލިވަރުގެ އާ ކޭނަރީ އަކީ 100 މެޓްރިކްޓަނުގެ ކެޕޭސިޓީ ހުންނާނެ ތަނެކެވެ. މިހާރު އެތަނުގެ ކެޕޭސިޓީ އަކީ 50 މެޓްރިކްޓަނެވެ. އިތުރު ކުރަން ވަނީ ނިންމައި
ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއުގެ ސަބަބުން ފެލިވަރުގެ އޮޕަރޭޝަންގެ އެފިޝެންސީގެ އިތުރުން ޕްރޮޑަކްޝަން ކެޕޭސިޓީ ބޮޑު ތަނުން އިތުރުވާނެ ކަމަށް މިފްކޯ އިން ބުންޏެވެ.
އޭ ކޭނަރީއާ ގުޅޭ ގޮތުން މިފްކޯ އިން ބުނީ މިހާރު އެތަން ވާނީ ކުރިއަރަމުން އަންނަ ޒަމާނީ ޓެކްނޮލޮޖީއާ އެކު ކޭނަރީއަކީ ފުލް އޮޓޮމެޓިކް ފެސިލިޓީއަކަށް ކަމަށެވެ. އެގޮތުން މަސްދަޅު ބަންދުކުރުމާއި، ލޭބަލް ޖެހުމާއި، ޕެކިންގެ އިތުރުން ގުދަން ކުރުމުގެ މަސައްކަތް ހިނގާނީ މެޝިނަރީތަކުގެ ޒަރީއާއިންނެވެ.
އެހެންވެ މިތަން ވެގެންދާނީ ދެކުނު އޭޝިއާ ސަރަހައްދުގެ ސްޓޭޓް އޮފް ދި އާޓް ކޭނަރީއަކަށް ކަމަށް ވެސް މިފްކޯ އިން ބުންޏެވެ.
ކޮންޓްރެކްޓަ ފައިނޭންސްގެ އުސޫލުން 40 މިލިއަން ޑޮލަރު ހަރަދުކޮށްގެން ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއު ނިންމަން އަމާޒު ހިފާފައި ވަނީ އަންނަ އަހަރުގެ ފަހުކޮޅަށެވެ.
ފެލިވަރު އެކްސްޕެންޝަން ޕްރޮޖެކްޓުގެ ދަށުން އިންޑިއާގެ ކުންފުންޏަކާ ހަވާލުކޮށްގެން ކޯލްޑް ސްޓޯރޭޖް ބޮޑުކުރުން ވެސް ހިމެނެ އެވެ. މިއީ 4،000 ޓަނުގެ ކޯލްޑް ސްޓޯރޭޖެކެވެ. މި ކޯލްށް ސްޓޯރޭޖާއިއެކު، 200 ޓަނުގެ ބްރައިން ފްރީޒިން އާއި 80 ޓަނުގެ އާރުއެސްޑަބްލިއު ސިސްޓަމެއް ގާއިމްކުރެވޭނެ ކަމުގައެވެ. އަދި މި ޕްރޮޖެކްޓުގެ ސަބަބުން ފެލިވަރަށް ދުވާލެއްގެ މައްޗަށް 280 ޓަނުގެ މަސް އިތުރަށް ކިރުވޭނެ އެވެ.
ސަރުކާރުން 22 މިލިއަން ޑޮލަރު ހަރަދުކުރުމަށް ނިންމާފައިވާ ފެލިވަރުގެ ކޯލްޑް ސްޓޯރޭޖް ޕްރޮޖެކްޓް ޖެނުއަރީ 18، 2023 ގައި
ހަވާލުކުރީ އިންޑިއާގެ ރައިނެކް އިންޑިއާ ލިމިޓެޑާ އެވެ. މިއީ އިންޑިއާގެ އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހަރަދުކޮށްގެން ހިންގަން ނިންމި މަޝްރޫއެކެވެ.