Last Updated: January 14, 16:31
Tuesday, January 14, 2025
ރިޕޯޓް

މޫނުގައި އަލިކަމެއް ލެއްވޭނެ 2 ކަމެއް

މޫނު އަލި ކޮށްދޭނޭ އެތައް ކަމެއް އެބަހުއްޓެވެ.

ފުރަތަމައީ، ނަމާދުތަކަށް ރައްކާތެރިވުމެވެ.

ނަބަވީ އިރުޝާދުން އެނގޭ ގޮތުގައި ނަމާދަކީ ނޫރެކެވެ.
މޫނު އަލިކުރަން އެދޭނަމަ ފަރުޟު ފަސްނަމާދަށް ރައްކާތެރިވުމާއެކު ދަމުނަމާދު ކުރާމީހަކަށް ވާށެވެ.
سِیمَاهُمۡ فِی وُجُوهِهِم مِّنۡ أَثَرِ ٱلسُّجُودِۚ
سجدة ގެ أثر ން، އެއުރެންގެ علامة އެއުރެންގެ މޫނުތަކުގައިވެއެވެ.
[ސޫރަތުލް ފަތުޚް 29]

ދެވަނައީ، ފާފަތަކުން އެއްކިބާވުމެވެ.

ސަލަފުންގެ ބޭކަލަކު ވިދާޅުވެފައިވެއެވެ.
"ހެޔޮ ޢަމަލުތަކުގެ އަލިކަން މޫނުމަތިން ފާޅުވާ ހުއްޓެވެ. އަދި ހިތުގެ ނޫރެއް ކަމުގައި ވާނެއެވެ. އަދި މީސްތަކުންގެ ހިތްތަކުގައި އޭނާއަށްޓަކައި ލޯބި އުފެދޭނެއެވެ."

މައުލޫމާތު: އިލްމު.އެމްވީ