Last Updated: January 14, 16:31
Tuesday, January 14, 2025
ޚަބަރު

ދައުލަތުގެ ދަރަންޏާބެހޭ ބިލުގެ ބަހުސް ފަށައިފި

މެންބަރު މުހައްމަދު މަމްދޫހު- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ދައުލަތުގެ ދަރަންޏާބެހޭ ބިލުގެ ބަހުސް ރައްޔިތުންގެ މަޖިލީހުގައި ފަށައިފިއެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މި ބިލު ހުށަހަޅުއްވާފައިވަނީ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހުއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މިއަދު ކުރިއަށް ގެންދާއިރު މިޖަލްސާއަށް ތާވަލުކޮށްފައިވަނީ ދައުލަތުގެ ދަރަންޏާބެހޭ ބިލުގެ ބަހުސް ކުރިއަށް ގެންދިއުމުވެ.

ސަރުކާރުގެ ފަރާތުން މި ބިލު ހުށަހަޅާ ސަބަބެއްގެ ގޮތުން ބުނެފައިވަނީ، ދައުލަތުން ދަރަނި ނަގައި، ބަހައްޓައި މެނޭޖުކުރަނީ، ޤައުމުގެ އިޤްތިސާދަށާއި މުސްތަޤުބަލުގެ ޖީލުތަކަށް ކުރާނެ އަސަރު ވަޒަންކުރެވިގެން އަދި ޤައުމުގެ އިޤްތިސާދީ ފުދުންތެރިކަމާއި، ދައުލަތުގެ ފިސްކަލް އަދި މާލިއްޔަތުގެ ނިޒާމު ދިގު މުއްދަތަކަށް ދެމެހެއްޓޭގެ ގޮތެއްގެ މަތިންކަން ކަށަވަރުކުރުމަށްޓަކައި، ދައުލަތުގެ ދަރަނި ނެގުމާއި ބެލެހެއްޓުމާއި މެނޭޖުކުރުމާއި، ލޯކަލް ކައުންސިލްތަކާއި ދައުލަތުގެ ކުންފުނިތަކުން ނަގާ ދަރަންޏަށް ދައުލަތުން ސޮވްރިިން ގެރެންޓީ ދޫކުރުމާއި އަދި ދައުލަތުގެ ދަރަންޏާގުޅޭ މައުލޫމާތު ހާމަކުރުމާއި ރިޕޯޓްކުރުމާއި މޮނިޓަރ ކުރުމާގުޅޭ އުސޫލުތައް ބަޔާންކުރުން ކަމަށެވެ.

މި ބިލުގައި ބުނެފައިވަނީ މާލީ އަހަރު ފެށުމުގެ 90 ދުވަސް ކުރިން، ދައުލަތުން ދަރަނި ނެގުމުގެ އަހަރީ ޕްލޭން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅަންވާނެ ކަމަށެވެ. އަދި އެ ޕްލޭން މަޖިލީހުން ފާސްކުރަންޖެހޭނެ ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

މި ބިލުގެ ދަށުން ސަރުކާރުގެ ދަރަނި ބެލަހައްޓައި މެނޭޖުކުރުމަށްޓަކައި، މި ޤާނޫނަށް އަމަލުކުރަން ފަށާތާ 6 މަސްދުވަހުގެ ތެރޭގައި ޑެޓް މެނޭޖްމަންތް އޮފީހެއް، ފިނޭންސް މިނިސްޓްރީގެ ދަށުން ހިންގާ އިދާރާއެއްގެ ގޮތުގައި ޤާއިމުކުރަންވާނެ ކަމަށެވެ. އަދި އެ އޮފީހުގެ ކަންކަމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާނީ މިނިސްޓަރު ކަމަށްވެސް ބަޔާންކޮށްފައިވެއެވެ