Last Updated: January 14, 16:31
Tuesday, January 14, 2025
ޚަބަރު

ޚަރަދުތައް ކުޑަ ކުރެއްވުމަށް ނިންމެވީ ހިތްވަރުގަދަ ނިންމެވުމެއް

މިނިސްޓަރު އިބްރާހިމް ފައިސަލް- ފޮޓޯ: ރައީސް އޮފީސް

ޚަރަދުތައް ކުޑަ ކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ ހިތްވަރުގަދަ ނިންމެވުމެއް ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.

ފައިސަލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދައުލަތުގެ ޚަރަދުތައް ކުޑަ ކުރެއްވުމަށް ރައީސް މުއިއްޒު ނިންމެވި ނިންމެވުމަކީ ދިވެހީންގެ މާދަމާއަށްޓަކައި ނިންމެވި ވަރަށް ހިތްވަރުގަދަ، ހިކުމަތްތެރި ނިންމެވުމެއް ކަމަށެވެ.

މިކަމުގެ ހެޔޮ ނަތީޖާ ދިވެހީން ދެކޭނެ ކަމަށާއި އަދި މާދަމާ ވެގެންދާނީ ފުދުންތެރި ދުވަހަކަށް ކަމަށްވެސް ފައިސަލް ވިދާޅުވިއެވެ.

މިފަހުން ރައީސް މުއިއްޒު ވަނީ ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާކަން ހާމަކުރައްވާފައެވެ.

އެގޮތުން، ސަރުކާރުގެ ރިކަރަންޓް ޚަރަދު ކުޑަކުރުމަށް އެކި ފިޔަވަޅުތައް އެޅުން ހިމެނޭ ކަމަށާއި މީގެ ތެރޭގައި، ސިޔާސީ މަޤާމުތަކުގެ އަދަދު މަދުކުރުމާއި، އެކި މުނާސަބަތުތަކުގައި ބާއްވާ ޙަަފްލާތަކަށް ކުރާ ޚަރަދުތައް ކުޑަކުރުން ނުވަތަ ނުބޭއްވުން ހިމެނޭ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ކުރިޔަށް އޮތް މިނިވަން ދުވަހަށް ފުޅަނދު ބުރާއި، ކުޅިވަރުތަކާއި ރިސެޕްޝަން ފަދަ ކަންކަން ނުބޭއްވުމަށާއި، ހަމައެކަނި މިނިވަން ދުވަސް ފާހަގަކުރުމަށް ޖަލްސާއެއް ބާއްވާ ޚަރަދުތައް އެތައް ގުނައަކުން ކުޑަކުރުމަށް ވާނީ ކަމާބެހޭ ފަރާތްތަކަށް އަންގާފައިވާ ކަމަށްވެސް ވިދާޅުވިއެވެ. މީގެ އިތުރަށްވެސް ގިނަ ފިޔަވަޅުތަކެއް ކުރިޔަށް އޮތް ދުވަސްތަކުގައި އެޅިގެންދާނެ ކަމަށް ވިދާޅުވިއެވެ.