ރާއްޖޭގައި ބޮޑުވެފައިވާ ސްކޭމްތަކުުގެ މައްސަލަތަކާ ދެކޮޅަށް ސްކޭމް ސެންޓަރެއް ގާއިމުކޮށްފި އެވެ.
ފުލުހުން މިކަން ހާމަކުރީ މާދަމާ އިން ފެށިގެން އަމަލު ކުރަން ނިންމި އާ އޮނިގަނޑާ ގުޅޭ ގޮތުން އާންމުކުރި ބަޔާނެއްގަ އެވެ. ފު؛ފުލުހުން ބުނީ ސްކޭމްގެ މައްސަލަތަކަށް ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތްކުރުމަށްޓަކައި އެންޓިސްކޭމް ސެންޓަރުގެ މަސައްކަތްތައް ދެން ކުރިއަށް ދާނެ އެވެ.
ރާއްޖޭގައި މި ފަހުން އެންމެ އާންމު ކުށްތަކުތަކުގެ ތެރޭގައި މަކަރާއި ހީލަތުން ފައިސާ ހޯދަން ތަފާތު ގޮތްގޮތަށް ހިންގަމުންދާ ސްކޭމްގެ މައްސަލަތައް ވަރަށް ގިނަ އެވެ.
ޑިޖިޓަލް ޓޭޑާ އެންޑް ޓެކްނޮލޮޖީ ބަހާއެއް ގާއިމްކޮށް، ޑޭޓާ ޑްރައިވަން އަދި ޒަމާނީ މުއައްސާސާއެއް ބިނާ ކުރުމަށްޓަކައި ޑިޖިޓަލް ކޮމާންޑެއް ވެސް އަލަށް ގާއިމުކޮށްފަ އެވެ.
މި ބަދަލުތަކާ އެކީ ފުލުހުންގެ ގަވަނަންސް ނިޒާމް ހަރުދަނާކޮށް ޒަމާނާ އެއްގޮތަށް ބައްޓަންކުރުމަށްޓަކައި ޚިދުމަތްތައް ތަރުތީބު ކުރެވިގެން ދާނެ ކަނަށް ފުުހުން ބުންޏެވެ. އެގޮތުން ކުރިއަށް އޮތް ހަތަރު އަހަރަށް އެކުލަވާލާފައިވާ ފުލުހުންގެ ސްޓްރެޓެޖިކް ޕްލޭންގައި އަވަސް އަދި އިތުބާރު ކުރެވޭ ޚިދުމަތުގެ ނިޒާމެއް އެކަށައެޅުމަކީ ވެސް މުހިންމު ދާއިރާއެއްގެ ގޮތުގައިވަނީ ހިމަނާފައެވެ. އެކަށައަޅާފައިވެ އެވެ.