މުލިޔާގެ އިން ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ މަޖިލިސް މެންބަރުންނަށް ފައިސާ ދޭ ވާހަކަ ރައީސް އޮފީހުން ދޮގުކޮށްފި އެވެ.
އެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ ޕީއެންސީގެ މަޖިލިސް މެމްބަރުންނަށް މުލިއާގެ އިން މަހަކު 50،000ރ. ދޭ ކަަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ދެއްކެވި ވާހަކައަކީ ކަނޑައެޅިގެން ބުހުތާނު ދޮގު ވާހަކައެއް ކަމަށެވެ.
ޕީއެންސީގެ މަޖިލިސް މެމްބަރުންނަށް މުލިއާގެއިން މަހަކު 50،000ރ. ދޭކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލް ދެއްކެވި ވާހަކައަކީ ކަނޑައެޅިގެން ބުހުތާނު ދޮގެއް.
— Heena Waleed (@MvSpokesperson) June 30, 2024
އެމްޑީޕީ އަށް މި މަހުގެ 26 ގައި 19 އަހަރު ފުރުމާ ދިމާކޮށް ޓީވީ ޕްރޮގްރާމެއްގައި ފައްޔާޒް އިސްމާއީލް ވިދާޅުވީ، މަޖިލީހަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންފު ގޮތަކަށް ހިންގަން ޖެހޭ ތަނެއްކަމަށް ސަރުކާރަށް ހީވެގެން އުޅޭ މަންޒަރު ފެންނަ ކަމަށެވެ. އަދި އެ މެންބަރުންނަށް މުލީއާގެއިން މަހަކު 50،000ރ. ރުފިޔާ ދޭ ކަމަށް ތުހުމަތު ކުރެއްވި އެވެ.
މުލިއާގެ އަކީ ރައީސްގެ ދެކަނބަލުން ދިރިއުޅުއްވަމުން ގެންދާ ގެކޮޅެވެ.
މަޖިލީހުގެ ސުޕަ މެޖޯރިޓީ ޕީއެންސީ އަށް އޮތް އިރު، އެ ޕާޓީގެ މެންބަރުންގެ އަދަދު 75 އަށް އަރަ އެވެ.