Last Updated: July 5, 20:48
Friday, July 5, 2024
ޚަބަރު

ސިހުރުގެ ތުހުމަތުކުރާ ޝަމްނާޒްގެ ބަންދަށް އިތުރު 7 ދުވަސް

ރައީސް ޑރ. މުހައްމަދު މުއިއްޒަށް ސިހުރު ހެދިކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެންވަޔަރަމަންޓު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމްގެ ބަންދު މުއްދަތު އިތުރު ކޮށްފިއެވެ.

ޝަމްނާޒްއާއި އިތުރު މީހަކު ހައްޔަރުކޮށްފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒި އަދި އެމަނިކުފާނުގެ އާއިލާއަށް ސިހުރު ހެދިކަމުގެ ތުހުމަތުގައެވެ.

ފުލުހުން މިއަދު ބުނެފައިވަނީ މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ އަންހެނުންގެ ބަންދަށް ކްރިމިނަލް ކޯޓުން އިތުރު 7 ދުވަސް ދީފައިވާ ކަމަށެވެ.

ޝަމްނާޒް ހައްޔަރު ކޮށްފައިވާއިރު އޭނާ މިހާރު ހުރީ މަގާމުން ސަސްޕެންޑް ކޮށްފައެވެ. އަދި އޭނާގެ ކުރީގެ ފިރިމީހާ ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒް ވެސް ވަނީ ސަސްޕެންޑް ކޮށްފައެވެ.