Last Updated: October 18, 11:00
Friday, October 18, 2024
ޚަބަރު

އޭއީއެޗްގެ ބައެއް އޯޕީޑީތައް ދެ ފަންފަޅި އަށް

އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގެ ބައެއް ސްޕެޝަލިސްޓް އޯޕީޑީތަކުގެ ހިދުމަތް ދެ ދަންފަޅިއެއްގައި ދޭން ނިންމާފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

އެތަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި މަހުގެ 15 އިން ފެށިގެން އެތެރެހަށީގެ ބަލިތަކާއި ދަތުގެ ބަލިތަކުގެ ހާއްސަ ޑޮކްޓަރުން ހެނދުނާއި ހަވީރު ވެސް ބަލިމީހުންނަށް ފަރުވާދޭން ހަމަޖެހިފައިވާ ކަމަށެވެ.

އޭއީއެޗުން ބުނީ މިފަދަ ބަދަލެއް ގެންނަން ނިންމީ ހޮސްޕިޓަލްގެ ހިދުމަތްތައް އިތުރަށް ފުޅާކޮށް، ފަސޭހަކަމާ އެކީ ރައްޔިތުންނަށް ހިދުމަތް ދޭން ކަމަށެވެ.

އެތަނުން ބުނީ ބައެއް ސްޕެލިޝްޓް އޯޕީޑީތަކުގެ ހިދުމަތް ދެ ދަންފަޅިއެއްގައި ދޭން ފެށުމަށް ފަހު، މި ބަދަލާ ގުޅިގެން ރައްޔިތުންގެ ފަރާތުން ލިބޭ ތަރުހީބާއި މީގެ ތަޖުރިބާ އަށް ބަލައިފައި އިތުރު ބަދަލުތަކެއް އައުން ވެސް އެކަށީގެންވާ ކަމަށެވެ.

އޭއީއެޗަކި އަތޮޅުތެރޭގެ އެންމެ ބޮޑު ޓާޝަރީ ހޮސްޕިޓަލެވެ.