ހަ ގައުމަކުންނ ރާއްޖެ އަށް ކަނޑައެޅި އާ ސަފީރުން އެ ބޭފުޅުންގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒަށް އަރުވައިފި އެވެ.
އެ ބޭފުޅުން ފަތްކޮޅު އެރުވުން އޮތީ އިއްޔެ ހެނދުނު ރައީސް އޮފީހުގަ އެވެ.
އޭގެ ތެރޭގައި ހިމެނެނީ ނޭޕާލުން ރާއްޖެ އަށް ކަނޑައެޅި ސަފީރު ބަޝޫ ދޭވް މިޝްރާ އާއި ސްރީ ލަންކާ އިން ކަނޑައެޅި ސަފީރު ޕެލްޕޮލަގެ ރަންގަ ސުޖީވާ ގޫނަވަދެނާ އާއި އެރިޓްރިއާ އިން ކަނޑައެޅި ސަފީރު އަލެމް ސަހާއި ވުލްދެމާރިއަމް އާއި
ކޮލަމްބިއާ އިން ކަނޑައެޅި ސަފީރު ޑރ. ވިކްޓާ އެޗެވެރީ ޖަރަމިލޯ އާއި ފިލިޕީންސް އިން ކަނޑައެޅި ސަފީރު ލިއޯ ޓީޓޯ އެލް އައުސަން ޖޫނިއާގެ އިތުރުން އިޓަލީން ކަނޑައެޅި ސަފީރު ޑެމިއާނޯ ފްރެންކޮވިގް އެވެ.
ފަތްކޮޅު އެރުވި ސަފީރުންނާ އެކީ ވަކިވަކިން ބޭއްވި ބައްދަލުވުމުގައި ރައީސް ވަނީ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާ ވެސް ކުރައްވައިފަ އެވެ. އޭގެ ތެރޭގައި ވިޔަފާރި އާއި އިގްތިސާދާއި ތައުލީމާއި ޓޫރިޒަމް ދާއިރާއާ ގުޅޭ ގޮތުން މަޝްވަރާތަކެއް ކުރެއްވި އެވެ.
އަލަށް ސަފީރުކަމުގެ ފަތްކޮޅު އެރުވި ހަ ބޭފުޅުންގެ ތެރެއިން ސަފީރުންނަކީ ނޮން-ރެޒިޑެންޓް ސަފީރުންނެވެ.