Last Updated: April 30, 05:48
Wednesday, April 30, 2025
ޚަބަރު

މެންބަރުންގެ އަދަދު މަދުކުރުމުގެ ގަރާރުގެ ބަހުސް ފަށައިފި

މަޖިލިސް ތަޅުން- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ކޮންމެ 5 އަހަރަކުން އިތުރުވަމުންދާ ދިއުމާމެދު މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށް ހުށަހަޅާފައިވާ ގަރާރުގެ ބަހުސް ފަށައިފިއެވެ.

މި ގަރާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއުއެވެ.

ޝުޖާއުގެ ގަރާރުގައި ބުނެފައިވަނީ، ކޮންމެ ފަސް އަހަރަކުން އިދާރާތަކުގެ އާބާދީ އިތުރުވަމުން އަންނަ ނިސްބަތަކުން މެންބަރުންގެ އަދަދު އިތުރުވަމުންދަނީ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އުސޫލުގެ ދަށުން ކަމަށެވެ. އަދި އެގޮތަށް މެންބަރުންގެ އަދަދު އިތުރުވަމުންދާ ދިއުމަކީ މަޖިލީހުން ހައްލެއް ހޯދަވަންޖެހޭކަމެއް ކަމަށެވެ.

ގަރާރުގައި ބުނެފައިވަނީ މެންބަރުންގެ އަދަދު މަދުކުރުން ނުވަތަ ވަކި އަދަދެއްގައި ހިފެހެއްޓުމަށްަޓަކައި، ޤާނޫނުއަސާސީއަށް މުހިންމު އިސްލާހެއް އަންނަންޖެހޭ ކަމަށެވެ. އެހެންކަމުން މިކަމުގައި މަޖިލީހުގެ މެންބަރުން ދެކޭގޮތް ހާމަކުރުމަށްޓަކައި މި ގަރާރު ހުށަހަޅާފައިވެއެވެ.