Last Updated: November 26, 09:26
Tuesday, November 26, 2024
ޚަބަރު

ކޯޓަށް ހާޒިރު ކުުރަން މީހަކު ހޯދަނީ

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރަން މީހަކު ހޯދަން ފުލުހުން އިއުލާންކޮޮށްފި އެވެ.

ހޯދަނީ ރ. ކަނދޮޅުދޫ، ދޮންވެލި، އަޙްމަދު އިރުޝާން، 32، އެވެ.

އޭނަ ހޯދަނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރު ކުރަން ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށް ދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެންނެވެ.

އިރުޝާން ހޯދަނީ ވައްކަން ކުރުމުގެ ކުށުގެ މައްސަލައަކާ ގުޅިގެންނެވެ.

އެހެންވެ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 1:30 އަށް އޭނަ ބަންދުގައި ކޯޓަށް ހާޒިރުކޮށް ދިނުމަށް ފުލުހުންނަށް އަމުރުކޮށްފައިވެ އެވެ. މިކަމާ ގުޅިގެން ފުލުހުން ވަނީ އިރުޝާންއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހަކު ވާ ނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކޮށް އެދިފަ އެވެ.