Last Updated: November 25, 14:49
Monday, November 25, 2024
ޚަބަރު

ޝެއިޚް ސިއްދީގް އެކްސިޑެންޓްވެ ފަރުވާ ދެނީ

އައްޑޫގެ މަޝްހޫރު ޝެއިހެއް ކަމަށްވާ އަބްދުﷲ ސިއްދީގު އެކްސިޑެންޓްވެން ފަރުވާ ދޭން ފަށައިފި އެވެ.

މަރަދު އަށް ނިސްބަތްވާ ސިއްދީގް އެކްސިޑެންޓްވީ ސައިކަލުގައި މިއަދު މެންދުރު ފަހު، ފޭދޫން މަރަދު އަސް ވަވަޑައިގަންވަނިކޮށް މަރަދޫފޭދޫ ބޮޑުމަގުގަ އެވެ. އެ ހާދިސާ ހިނގީ ގޯޅިއަކުން ނުކުތް ސައިކަލެއް، ސިއްދީގު ދުއްވެވި ސައިކަލްގައި ޖެހި، ވިއްސައިގެން ގޮސް ބިންމައްޗަށް ވެއްޓިވަޑައިންނެވެ.

މި ހާދިސާހައި އޭނަގެ އަނގަމަތި ވަރަށް ބޮޑަށް ފަޅައިން ގޮސް، ގިނަ އަދަދަކަށް ލޭ ވެސް ފައިބާފައިވެ އެެވެ.

އެކްސިޑެންޓާ ގުޅިގެން ސިއްދީގު ފުރަތަމަ ގެންދިޔައީ ފޭދޫ ސިއްހީ މަރުކަޒަށެވެ. އަދި މިހާރު ދަރުވާ ދެމުން އަންނަނީ އައްޑޫ އިކްއެކްޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގަ އެވެ.

ފޭދޫ "މަސްޖިދުލް ކައުސަރު" ގެ އިމާމުކަން ކުރައްވަމުން ގެންދަވާ ސިއްދީގަކީ ގާނޫނީ ވަކީލެއް ވެސް އެވެ. އޭނަ ވަކީލުކަމުގެ ހުވާކުރެއްވީ 2013 ގަ އެވެ.