Last Updated: October 5, 02:08
Friday, October 4, 2024
ޚަބަރު

ހުޅުމާލޭގައި އިތުރު އެކްސިޑެންޓެއް

ހުޅުމާލާގައި މިއަދު އަނެއްކާ ވެސް އިތުރު އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެއްޖެ އެވެ.

އެ އެކްސިޑެންޓްގައި އަނިޔާވެ ފަރުވާދެމުން އަންނަނީ އުމުރުން 21 އަހަރުގެ ފިރރިހެނަކަށާއި 33 އަހަރުގެ އަންހެނަކަށެވެ.

ފުލުހުން ބުނީ މި އެ މީހުންނަކީ އެކްސިޑެންޓްވި ދެ ސައިކަލް ދުއްވަން ތިބި ދެ މީހުން ކަމަށެވެ. އެ އެކްސިޑެންޓް ހިނގީ ހުޅުމާލެ ފޭސް ދޭއްގެ އާ ހިޔާ ގޮފި ކައިރީގައި އެވެ.

މި އެކްސިޑެންޓްގައި ޒަހަމްވި 21 އަހަރު މީހާގެ އަތުގައި ލައިސަންސް ވެސް ނެތް ކަމަށް ފުލުހުން ބުންޏެވެ.

މިއަދު ހެނދުނު ހުޅުމާލޭގެ ފޭސް ދޭއްގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި 19 އަހަރުގެ ޒުވާނަކަށް އަންނަނީ ހުޅުމާލޭ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުންނެވެ.