އެންސްޕާގެ އޮފީހެއް އައްޑޫ ސިޓީގައި ހުޅުވަން ނިންމައިފި އެވެ.
މިކަމާ ބެހޭޢ ގޮތުން އެ ކުންފުނީގެ ސީއީއޯ އަދި ހިތަދު އަށް ނިސްބަތްވާ ހީނާ ވަލީދު ދައުލަތުގެ މީޑިއާ، ޕީއެސްއެމްގައި ވިދާޅުވީ އައްޑު އަކީ ބޮޑު އާބާދީއެއް އޮތް ސިޓީއެއް ކަމަށެވެ. އަދި އައްޑޫން ގާތްގަނޑަކަށް 1،000 އެއްހާ އަދަދަކަށް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރުގައި ރަޖިސްޓްރީ ވެސް ކޮށްފައިވާ ކަމަށެވެ.
"އެހެންވެ ބޮޑު ސިޓީއަކަށް ބަލާ އިރު އެ ދަފުތަރު އަޕްޑޭޓްކުރުމާ އަދި ހަމައެހެންމެ މޮނީޓަކުރުމާއި އިވެލުއޭޝަންއަށް ދިއުންމީ ހަމަ ވަރަށް ބޮޑު ޗެލެންޖަކަށްވެފައި މި އޮންނަނީ." ހީނާ ވިދާޅުވި އެވެ.
އޭނަ ވިދާޅުވީ އައްޑޫގައި އެންސްޕާގެ އޮފީހެއް ގާއިމު ކުރުމުގެ ވިސްނުން އޮތުމަކީ އެކީ އައްޑޫ ސިޓީ ކައުންސިލާއި އެ ސިޓީގެ ސްޓޭކްހޯލްޑަރުންނާ އެކީ މަޝްވަރާތަކެއް ވެސް ބޭއްވިފައިވާ ކަމަށެވެ. އެހެންވެ ހަރުދަނާ ނިޒާމެއްގެ ތެރެއިން އެންސްޕާއާ ގުޅުން ހުރި ކަންކަން އައްޑޫގައި ކުރެވޭނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާތަކެއް ކުރެވިފައިވާ ކަަމަށް ވެސް ހީނާ ވިދާޅުވި އެވެ.
"ކުރިއަށް އޮތް ތަނުގައި އަޅުގަނޑުމެންގެ ވިސްނުން އެބަހުރި އައްޑޫ ސިޓީގައި އެންސްޕާގެ އޮފީހެއް ގާއިމުކުރަން." ހީނާ ވިދާޅުވި އެވެ.
އޭނަ ވިދާޅުވީ އޭގެ ސަބަބުން އައްޑޫ އާއި ފުވައްމުލަކުގައި ތިބި އެންސްޕާ އިން މާލީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުގެ މައުލޫމާތުތައް އަޕްޑޭޓް ކުރުމާއި އެފަދަ ފަރާތްތަކަށް ޒިޔާރަތް ކުރުމަށް ވަރަށް ބޮޑަށް ފަސޭހަވެގެން ދާނެ ކަމަށެވެ.