ޗައިނާގެ ކަނޑުގެ ސަރަހައްދަށް ވަދެ، ގަވާއިދާ ހިފާލަށް މަސްވެރިކަން ކުރަމުން ދިޔަ ޓައިވާންގެ ބޯޓެއް ޗައިނާ އިން ރޭ އަތުލައގެންފި އެވެ.
އަތުލައިގަތް ބޯޓްގައި ފަސް މީހަކު ތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ ޓައިވާންގެ ދެ މީހަކާއި އިންޑޮނީޝިއާގެ ތިން މީހުންނެވެ.
ޗައިނާގެ ކޯސްޓްގާޑުގެ ތަރުޖަމާން ލިއު ޑެޖުން ވިދާޅުވީ އެ މީހުން އަތުލައިގަތީ ޗައިނާގެ ކަނޑުގެ ސަރަހައްދަށް ވަދެ، ގަވާއިދާ ހިލާލަށް މަސްޗެރިކަން ކުރަމުން ދަނިކޮށް ކަމަށާއި މަސްވެރިކަން ކުރަމުން ވެސް ދިޔައީވަގުތީ ގޮތުން މަސްވެރިކަން ކުރުން މަނާކޮށްފައި އޮތް ސަރަހައްދަކުން ކަމަށެވެ.
ޗައިނާ އިން އޮތީ މަސްވެރިން އަތުލައިގަތް ސަރަހައްދުން މިދިޔަ މެއި މަހުން ފެށިހެން އަންނަ މަހާ ހަމައަށް މަސްވެރިކަން ކުރުން މަނާކޮށްފަ އެވެ. މަސްބޯޓް އަތުލައިގަތް އިރު، އެ އޮތީ ޓައިވާނާ 2.8 ނޯޓިކަލް މޭލު ދުރުގަ އެވެ.
މަސްބޯޓެއް އަތުލައިގަތުމާ ގުޅިގެން ޓައިވާނުން ވަނީ ބޯޓާއި މަސްވެރިން ވެސް ދޫކޮށްލަން ޗައިނާ އަށް ގޮވާލައިފަ އެވެ.
ޗައިނާގެ ކޯސްޓުން ބުނި ގޮތުގައި އަތުލައިގަތް މަސްވެރިން އެކަން ކުރަމުން ދިޔައީ ކަނޑުގެ ދިރުންތަކަށް ވަރަށް ބޮޑަށް ގެއްލުން ވެސް ގެއްލުން ލިބޭ ގޮތަށެވެ. އެގޮތުން މަސްވެރިންގެ އަތުގައި ހުރި އާލާތްތަކަކީ ރައްކާތެރި އެއްޗެހި ނޫން ކަމަށް ތަރުޖަމާނު ވިދާޅުވި އެވެ.
ޗައިނާ އާއި ޓައިވާނަކީ އަބަދު ވެސް ތަފާތު ކަންކަމުގައި ކޯޅޭ ދެ ގައުމެވެ.