Last Updated: September 8, 09:18
Sunday, September 8, 2024
ޚަބަރު

ފުލުހުންނަށް ފުޓްސަލް ރެފްރީ ކޯހެއް ހިންގައިފި

ފުލުހުންނަށް ފުޓްސަލް ރެފްރީ ކޯހެއް ހިންގައިފި އެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި ފުލުހުން ގުޅިގެން އެ ކޯސް ކުރިއަށް ގެންދިޔައީ މިދިޔަ މަހުގެ 27 އިން އިއްޔެގެ ނިޔަލަށެވެ. ފުޓްސަލް ރެފްރީ ކޯހުގައި ފުލުހުންގެ 33 މުވައްޒަފަކު ބައިވެރިވި އެވެ. އަދި ކޯހުން ފާސްވެ ސެޓްފިކެޓް ހާސިލްކުރީ 24 ބައިވެރިންނެވެ. އޭގެ ތެރޭގައި ދެ އަންހެން ބައިވެރިން ވެސް ހިމެނެ އެވެ.

ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށް ދެއްވީ ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޢަބްދުލް ރައްޒާޤު އިބްރާހިމެވެ.

ފުލުހުން ބުނީ ފުޓްސަލް ރެފްރީ ކޯހުގެ އަމާޒަކީ ކޯހަކީ ފުލުހުންގެ ޚިދުމަތުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ފުޓްސަލް ރެފްރީކަން ކުރުމުގެ ދާއިރާއިން ކުރިއަށް ދާން ބޭނުންވާ މީހުންނަށް އެފުރުސަތު ހޯދައިދީ ކުޅިވަރުގެ ދާއިރާއިން މީހުން ބިނާ ކުރުން ކަމަށެވެ.