މ ދަނޑިވަޅުގައި ކޮންމެހެން ކުރަން ޖެހޭ ހަރަދެއް ނޫނީ ނުކުރުމަށާއި ހަރަދުތައް ކުޑަކުރަން ދަތުރުތަކާއި މުބާރާތްތައް ނުބާއްވަން ލޯކަލް ގަވަނެންސް މިނިސްޓްރީން ކައުންސިލްތަކަށް އަންގައިފި އެވެ.
މިނިސްޓަރު އާދަމް ޝަރީފް ސޮއި ކުރައްވައި ކައުންސިލްތަކަށް ފޮނުއްވި ސާކިއުލާއެއްގައި ވިދާޅުވީ ރާއްޖޭގެ ދަރަނި ބޮޑުވުމުގެ ސަބަބުން މި ވަގުތު އިގުތިސާދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށާއި ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ސަރުކާރުން މުހިންމު ފިޔަވަޅުތަކެއް އަޅަން ފަށާފައިވާ ކަމަށެވެ. އެހެންކަމުން ކައުންސިލްތަކުގެ ރިކަރަންޓް ހަރަދުތައް ވެސް ކުޑަކުރުމަށް ހާއްސަ އިސްކަމެއް ދިނުމަށް ދަންނަވާ ކަމަށް ސިޓީގައި ބުންޏެވެ.
"އަދި މި ވަގުތު ކޮންމެހެން ކުރައްވަންޖެހޭ ހަރަދުތައް ނޫނީ ނުކުރެއްވުމަށާއި ކޮންމެހެން ކުރައްވަން ޖެހޭ ދަތުރުތައް ނޫނީ ނުކުރެއްވުމަށާއި މުނާސަބަތަކާ ގުޅިގެން ކޮންމެހެން ބާއްވަން ޖެހޭ ޖަލްސާއެއް ފިޔަވައި އެއްވެސް ހަރަކާތެއް ނުބޭއްވުމަށާއި އެއްވެސް ހަފުލާއެއް ނުވަތަ ކުޅިވަރު މުބާރާތެއް މި ދުވަސްވަރު ނުވޭއްވުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް ދެންނެވިން." ސާކިއުލާގައިވެ އެވެ.
އޭގައި ވަނީ ކައުންސިލްތަކުން މިނިސްޓްރީތަކާ ބައްދަލު ކުރުމަށް މި ދުވަސްވަރު މާލެ އައުމުގެ ބަދަލުގައި އޮންލައިންކޮށް ބައްދަލުވުންތައް ރޭވުމަށް ވެދް ސަމާލުކަން ދޭން އެދިފަ އެވެ. އަދި ރާއްޖެއިން ބޭރަށް ކޮންމެހެން ކުރަން ޖެހޭ ދަތުރެއް ނޫނީ އެހެން ދަތުރުތައް ނުކުރެއްވުމަށް ވެސް އެދިފައިވެ އެވެ.